ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލާމަތުގެ އައްސޭރިއަށް ދާން ބޭނުން ނަމަ އަމިއްލަ ގޮތް ދޫކޮށްލާ!

މާލާގެ ކާރުބާރު ބޮޑު މަގުމަތި: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި އުޅޭއިރު އެންމެ ފައިދާ ބޮޑީ އެކަކު އަނެކަކަށް ގުޅިގެން މަސައްކަތް ކުރުމެވެ. އެއްރޫޙެއްގައި މަސައްކަތްކުރުމެވެ. ކުރާކަމަކުން އެދެވޭ ނަތީޖާއެއް ލިބުމަށް އެންމެ ފަސޭހަވާނެ ގޮތަކީ މިއީއެވެ. ހާއްސަކޮށް މިއަދު މުޅީދުނުޔެއަށް ކުރިމަތިވެފައިވާ މުސީބާތުން ސަލާމަތް ވެވެވޭނީ އެންމެން އެކުގައި އެއްބައެއްގެ ގޮތުފައި މަސައްކަތް ކޮށްގެންނެވެ.

އެއްބައިވަންތަކަން އާލާކުރަންވީ ރަނގަޅު ބިންގަލެއްގެ މަތީގައެވެ. ހަރުދަނާ އުސޫލުތަކެއްގެ މަތީގައެވެ. ޢާއިލާތަކުގެ މެދުގައެވެ. ޖަމާއަތްތަކުގެ މެދުގައެވެ. ނޫނީ ޤައުމުތަކުގެ މެދުގައެވެ. ކީއްކުރަންތޯއެވެ؟ އެންމެންގެ ފައިދާއަށެވެ.

މުޖުތަމަޢުގެތެރޭގައި ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެއެވެ. ތަފާތު މިޒާޖުގެ މީހުންވެސް އުޅޭނެއެވެ. ތިމާކުރާ ޢަމަލަކުން ނުވަތަ ބުނާ ބަހަކުން ހިތުގައި ލައްގަނޑެއް ޖެހިދާނެ މީހަކުވެސް ހުރެދާނެއެވެ. ނުވަތަ ނަފުރަތު ކުރާނެމީހަކުވެސް ހުރެދާނެއެވެ. އެހެންކަމުން މުޖުތަމަޢުގެ ތެރޭގައި ބަސްމޮށެ އުޅެންވާނީ ވީހާވެސް ހަޤީޤަތާ އެއްގޮތަށެވެ. ބުންޏޭ ބުންޏޭ ކިޔާ ޔޯލަ ވާހަކަތަކަކީ މާއެދެވޭ ވާހަކަތަކެއްނޫނެވެ. އެކަކު ވިޔަސް ޖަމާޢަތަކުން ވިޔަސް އަނެކަކު ނޫނީ އަނެއް ޖަމާއަތެއްގެ ވާހަކަ ދައްކާއިރު ހަޤީޤަތް އޮޅޭގޮތަށް ދެއްކުން އެއީ ޖަމާއަތުގެ ނިކަމެތިކަމަށް އެޅޭ ބިންގަލެއްކަން ހަނދާން ކުރަންވާނެއެވެ. ސާބިތު ނުވާ އެއްވެސްކަމެއްގެ އިލްޒާމު އަނެކާގެ ބޮލުގައި އަޅުވައިގެން ސިއްރު މެސެޖް ރައްދުކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.

މުޖުތަމަޢުގައި ވަޒީފާތަކުގައި ތިބޭ މީހުންނީ ދެން ތިބޭ ބައެއްގެ ޚާދިމުންނެވެ. އެއީ ޖަމާޢަތުގައި ޤަދަރު ލިބިގެންވާ މީހުންނެވެ. އެބަޔަކަށް ލިބިގެންވާ ޤަދަރެއް ހިފެހެއްޓުމަކީ އެބައެއްގެ އަމިއްލަކަމެކެވެ. އެކަމަކު ބައެއްގެ ޤަދަރު ނަގާލުމަކީ އެއީ އެކަކުވެސް ކޮށްގެންވާނެކަމެއްނޫނެވެ. މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ވިސްނުމަކީ އޭނާގެ ދިރިއުޅުމުގެ ސީދާ މިސްރާބު ހޯދާދޭ ސަމުގާއެވެ. އެބުއްދީގެ ބޭނުން ރަނގަޅުގޮތުގައި ހިފިއްޔާ އެއޮތީ ނަސީބު އަތުގައި ހިފާފައެވެ. ނަސީބަކީ ކަތީބަކު ދޭއެއްޗެއްނޫނެވެ.

އެކަކު ކުރާކަންތަކަށް ހާޒިރުގައި ބިނާކުރަނިވި ފާޑުކިޔުމަކީ ގޯސްކަމެއްނޫނެވެ. އެކަމަކު އޭނާގެ ޣައިރު ހާޒިރުގައި މީހުންގެތެރޭ އޭނާކުރާކަންތަކަށް މަލާމާތް ނުވަތަ ޖެއްސުން ކުރުމުގެ ފާޑު ކިޔުމަކީ ރަނގަޅުކަމެއްނޫނެވެ. ފާރުގައި ލޯވަޅުހުރެއޭ ، އެއިން ދެކެވޭ ވާހަކަ ދަތުރު ކުރެއޭ މުސްކުޅިން ބުނާވާހަކަވެސް އަޑުއަހަން ޖެހޭނެއެވެ. ކަތުރުފަނީގެ މަޖާޒީ މާނައެއްވެސް އޮންނަކަން ދަންނަންޖެހެއެވެ. ނޫނީ އުފެދޭނީ ފިތުނައިގެ ކަނޑެކެވެ. ނޭގުމެއްގެ ތެރެއިންވެސް ދެބޯޑުވެވޭނީއެވެ. ރަނގަޅު ނިޔަތެއްގައި ބިނާކުރަނިވި ޚިޔާލެއް ދީފިއްޔާ އެކަން ޤަބޫކުރުމަކީ ރީތި ސިފައެކެވެ. އެއީ އެއްގޮތަކަށްވެސް ތިމާގެ ހައިބަތާއި ޒަމީރަށް ނިކަމެތިކަމެއް އަންނަނީކީނޫނެވެ. ނިކަމެއްޗެއްގެ ސިކުނޑިއަށްވެސް މޮޅު ބުއްދިއެއް އަތުވެދާނެއެވެ. ގޯސްކޮށް ކަމެއް ކުރެވިގެން ނުވަތަ ތިމާކުރާ ކަމެއް އެއަށްވުރެ މޮޅަށް ކުރެވޭނެ ގޮތަކަށް މީހަކު ޚިޔާލެއް ދީފިނަމަ ހިތުން ރުހުމުން އެކަން ޤަބޫލުކޮށް އޭނައަށް ޝުކުރުއަދާކުރާށެވެ. ތިމާއީ އެންމެ މޮޅު މީހާކަމުގައި ދުށުމަކީ ކިބުރުވެރިވެގަތުމެވެ.

މިހިރަ ކަންތައްތަކަކީ ތަނެއް ހަލާކުކުރާކަށް މާލަހެއްކުރާނެ ”ބުލްޑޯޒަރު“ ތަކެއް ނޫނެވެ. ތިމާއަކީ ތަފާތު ޖަމާއަތްތަކުގެ ތެރޭގައި އުޅޭ މީހެއްކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ވާނެއެވެ. މިހެންއުޅޭއިރު އެއްޖަމާއަތެއްގެ މަސްލަހަތަށްޓަކައި ދެކެވިފައި ހުންނަ ވާހަކަ ފަރުދާގެ އަނެއް ފަރާތުން އަނެއްޖަމާއަތަށް ފޯރުކޮށްދެވިއްޖެނަމަ އެކުރެވުނީކީ މޮޅުކަމެއް ނޫނެވެ. ކިތަންމެ ގާތަސް ބައެއްފަހަރު ދައްކަން ނުޖެހޭ ވާހަކަތައް ހުރެއެވެ. އެކަމަކު ކެތް ނުކުރެވިގެން ތުން މޮހެލެވިއްޖެނަމަ އެގޯސްވީއެވެ. އޮފީހެއް ވިޔަސް ނުވަތަ އިޖުތިމާއީ އެހެން އިދާރާއެއްވިޔަސް އެތަނެއްގެ މަސްލަހަތު އެހިސާބުން ދިޔައީއެވެ. މިއީ ހަޤީޤަތެވެ. ނަފްރަތު ކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. ކުރަންއޮތީ ވަރަށް ކުޑަކަމެކެވެ. މިފަދަކަންތަކުން ދުރުހެލިވާންވީއެވެ. މިފަދަކަންތައް ނުކުރިޔަސް ގެއްލުމެއް ނެތެވެ. ކޮށްފިއްޔާ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

ކޮންމެއަކަސް މިދުވަސްވަރަކީ އަޅުގަނޑު މިދެންނެވި ކަންކަމާއި މެދު ވިސްނާ ފިކުރުކޮށް އަނަލީ ސިފަ ގެންނަންވީ ވަގުތުކަން ޔަގީނެވެ. މުޅީދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ މުސީބާތާ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ ވެސް މިވަނީ ކުރިމަތިލާން ޖެހިފައެވެ. އަޅުގަނޑުމެންގެ ލި ކުޑަކުޑަ ޖަޒީރާ ދިވެހި ގައުމު މިއަދު ދުނިޔެއަށް ކުރިމަތިވެފަިއވާ މުސީބާތުން ސާލާމަތް ކުރުމަށް ދައުލަތް ހިންގުމާއި ހަވާލުވެ ތިއްބެވި ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން މިވަނީ ބޭނުންވެފައެވެ. އަޅުގަނޑުމެން ކުރަން ޖެހޭޖާވެސް ކަމަކީ ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ތަބާވުމެވެ. ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ މިއަދު ދައުލަތް ހިންގުމާއި ހަވާލުބެ ތިއްބެވި ވެރިން ނިންމަވާ ކޮންމެ ނިންމެވުމަކީ ވެސް އަޅުގަނޑުމެންގެ ގައުމަށްޓަކާ އަޅުގަނޑުމެންނަށްޓަކައި ނިންމަވާ ނިންމެވުމެއް ކަމެވެ.

އެހެންކަމުން ކާމިޔާބުގެ މައިދާނަކަށް ދިއުމަށް އޮތް އެންމެ މޮޅު ގޮތަކީ އެއްބައިވަންތަ ކަމުގެ މަގުން ދަތުރުކުރުމެވެ. ދައްކަންވީ ވާހަކަތައް ދައްކަންވީއެވެ. ނުދައްކަންވީ ވާހަކަތައް ނުދައްކަންވީއެވެ. އޭރުން އެއްވެސް ހުރަހެއް ނެތެވެ. މުސްކުޅިބަހެއްގައިވެސް އޮވެއެވެ. “ ބަސްމަދުކުރާށެވެ. ޢަމަލު ގިނަކުރާށެވެ. “ ތިމާގެ އަމިއްލަ ގޮތް ދޫކޮށް މުޅި ގައުމާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް ވިސްނާށެވެ. ރައްކާތެރި ގޮތަކީ މިއީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: