ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމަލުކުރަމުންދާ އުސޫލާއި ޚިލާފަށް ހޮނޑާފުށި ރިސޯޓަށް އެރި މީހަކު ހައްޔަރުކޮށްފި

ހދ. އަތޮޅުގައި އޮންނަ ހޮނޑާފުށި އައިލެންޑް ރިސޯޓް. ފޮޓޯ:ހޮނޑާފުށިއައިލެންޑްޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އާއި ގުޅިގެން، ރިސޯޓުތަކުން ރަށްރަށަށް މީހުން ދަތުރުކުރުމާއި، ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން މަނާކޮށްފައިވަނިކޮށް، ހޮނޑާފުށި އައިލެންޑް ރިސޯޓަށް ދިޔަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ހޮނޑާފުށި އައިލެންޑް ރިސޯޓުގައި ވަޒީފާއަދާކުރަމުންދާ މި ދިވެހިމީހާއަކީ، ހދ.ހަނިމާދޫގައި ހުރެފައި، މާޗް 25 ވަނަދުވަހުގެރޭގެ ވަގުތެއްގައި، ހޮނޑާފުށި އައިލެންޑް ރިސޯޓުގެ މެނޭޖްމެންޓުގެ ހުއްދައެއްނެތި ރިސޯޓަށްއަރައި، ރިސޯޓުގައިހުރި އޭނާގެ ތަކެތި ހިފައިގެން، ހަނިމާދުއަށްދިޔަ މީހެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ފުލުހުން ބުނީ އޭނާ ހަނިމާދުއަށް ދިއުމުން، ކޯޓު ޢަމުރެއްގެދަށުން ހައްޔަރުކުރެފައިވާކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، 22 އަހަރުގެ ފިރިހެނެއްކަމަށާއި، މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެޗްޕީއޭއިންވަނީ، ވަކި މުއްދަތެއް ނެތްގޮތަށް ރިސޯޓުތަކަށް އަރައިފޭބުން މަނާކޮށްފައިވާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ ބައެއް މުވަޒަފުންގެ ކިބައިން މިފަދަ ޢަމަލުތައްދަނީ ފެންނަމުންނެވެ. މި ގޮތުން، މީގެ ކުރިންވަނީ ހުއްދައަކާއިނުލައްި ރިސޯޓުން ފައިބައިގެން ފުވައްމުލަކަށްދިޔަ ދެމީހުން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިސޯޓުން، އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ސިނގެރޭޓްގަންނަން ދިޔަމީހަކު ވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: