ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ސަޅިގޮތެއް

ދިރާގު ހެޑް އޮފީސް. ފޮޓޯ:އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ހޯދަމުންގެންދާ ކަސްޓަމަރުންނަށް، ހިލޭ އިންޓަރނެޓް ބޭނުންކުރުމަށް 10 ޖީބީގެ ބޫސްޓަރއެއް ދިނުމަށް ދިރާގުން ނިންމައިމިއެވެ.

10 ޖީބީގެ ބޫސްޓަރއެއް ދިނުމަށް ދިރާގުން ނިންމައިފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން، ސުކޫލުތަކާއި، ކޮލެޖުތައް ބަންދުކޮށް، ގިނަބަޔަކު ގޭގައި އުޅެންޖެހޭ ދުވަސްވަރަކަށްވުމުން، އިންޓަނެޓްގެ ބޭނުންތެރިކަން ބޮޑުވެފައިވާތީއާއި، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގްއާއި، ޢާއިލާއާއެކު މުނިފޫހިފިލުވުމަށް އިންޓަރނެޓް ބޭނުންކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ.

ދިރާގުން ފޯރުކޮށްދޭން ނިންމާފައިވާ، މި 10 ޖީބީގެ ބޫސްޓަރ މި މަހާއި، ކުރިއަށްއޮތް އޭޕްރީލްމަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް (https://portal.dhivehinet.net.mv/home) މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

https://twitter.com/Dhiraagu/status/1243956813986316288?s=20

ކޯވިޑް-19 އާއި ގުޅިގެން، ދިރާގުންދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތަށް ފަހިކޮށްދެމުންނެވެ. މި ގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އިތުރު %30 ޕަސެންޓް ޑޭޓާ މާޗްމަހުގައި ދީފައިވެއެވެ. ހަމައެއާއެކު، އޭޕްރީލްމަހުގައި ވެސް ދޭންނިންމާފައިވާކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހައި އެޑް-އޮންތަކަކުން %50 ޕަސެންޓް ޑިސްކައުންޓެއް ދީފައިވެއެވެ. ހަމަ އެހެންމެ، އަންނަ އޭޕްރީލް މަހުގައި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑާއި، ގެސްޓްހައުސް އިންޓަރނެޓް ޕެކޭޖްތަކުގެ މަހު ފީއިން %25 ޑިސްކައުންޓްދޭން ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: