ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިންކޮށް ބާއްވާ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ ކުރިއަށްދާނެ: ރައްޔިތުން މަޖިލީހުގެ އިދާރާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 ގެ ނުރައްކަލާއި ގުޅިގެން، ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އޮންލައިންކޮށް ބާއްވާ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާ، ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުން މަޖިލީހުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އުސޫލާއި އެއްގޮތަށް، މައިރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބާއްވާ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާ އޮންނާނީ 11:00 ޖަހާއިރުއެވެ.

މަޖިލިސްކުރާ ގެއަށް މެންބަރުން ވަޑައިނުގެންނެވި ނަމަވެސް، ޖަލްސާއަށް ހުށަހެޅޭ މައްސަލަތަކާއި، ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، ކޮމިޓީތަކުގެ މަސައްކަތާއި، މަޖިލީހުގެ އެހެން މަސައްކަތްތައް ވެސް ކުރިއަށްދާނެކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސްކުރާ ގެއަށް ވަޑައިނުގެންނެވިނަމަވެސް، ޖަލްސާތަކަށް ހުށެހެޅޭ މައްސަލަތަކާއި ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި ކޮމިޓީތަކުގެ މަސައްކަތާއި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެއެވެ.

މި ޖަލްސާ މަޖިލީހުގެ ޔޫޓިއުބް ޗެނަލްއިން ވަގުތަށް ފެނިވަޑައިގަންނަވާނެކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: