ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަސްއަށް ޓެސްޓު ކުރުމުގެ، ކެޕޭސިޓީ ބޮޑުކޮށް އިތުރު ކިޓުތަކެއް!

ވައިރަސްއަށް ޓެސްޓު ކުރުމުގެ، ކެޕޭސިޓީ ބޮޑުކޮށް އިތުރު ކިޓުތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރުމަށް މިވަގުތު 4،800 ކިޓް އެބަހުރި ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން އިތުރު ބައެއް ކިޓުތަކެއް ލިބޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.

ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 17 އަކަށް ވަނީ އާރާފައެވެ. އޭގެ ތެރޭގައި ޔޫކޭއިން އެނބުރި އައި ދެ މީހުން ހިމެނެއެވެ. އަދި ފަރުވާދީ ބައެއް މީހުން ރަނގަޅުވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 4 އެވެ.

ކޮވިޑްއަށް ޓެސްޓް ކުރުމަށް ރާއްޖޭގައި މިވަގުތު ހުރި ކިޓްތަކާއި، އަދި ކުރިއަށް އޮތްތާ ރާއްޖެއަށް ލިބޭނެ ކިޓްތަކުގެ އަދަދު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރީ 4،800 ކިޓް އެބަހުރި ކަމަށާ އޭގެ ތެރެއިން 1000 ކިޓަކީ ރެޕިޑް ޓެސްޓިން ކިޓްތަކެއް ކަމަށެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު 6،800 ކިޓް ރާއްޖެއަށް ގެނެވޭނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ އިތުުރުން އިތުރު 29،500 ކިޓް އެހެން ގައުމުތަކުގެ އެހީތެރިކަމުގައި ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވައިރަހަށް ޓެސްޓު ކުުރުމަށް އެންމެ ފަހުން ލިބުނު ކިޓުތަކުގެ ތެރޭގައިހިމެނެނީ 5،000 ސްކްރީނިން ކިޓާއި، އަދި 1،000 ކިޓަކީ ސީދާ ކޮވިޑް19 ހުރިތޯ ބަލަން ޓެސްޓު ކުރާ ކިޓުތަކެއް ކަމަށެވެ. މަބްރޫކް ފާހަގަކުރެއްވި ގޮތުން ސްކްރީން ކިޓަކީ ކޮރޯނާ ވައިިރަހުގެ އެއްވެސް މިންވަރެއް ހަށިގަނޑުގައި ހުރިތޯ ބެލުމަށް ބޭނުންކުރާ ކިޓުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: