ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ދިވެހިން ނޫނީ ހުރިހާ ބިދޭސީންވެސް ބަލިން ރަނގަޅުވެއްޖެ، ފަރުވާ ދިނުމުގައި ހަރަކާތްތެރިވީ އެންމެނަށް ސާބަސް ހައްގު!

ހުރިހާ ބިދޭސީންވެސް ބަލިން ރަނގަޅުވެއްޖެ، ފަރުވާ ދިނުމުގައި ހަރަކާތްތެރިވީ އެންމެނަށް ސާބަސް ހައްގު!
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ކޭސްއެއް ރާއްޖެއިން ފުރަތަމަ ފަހަރަށް ފެނުނީ މާޗު މަހުގެ 7 ވަނަ ދުވަހުއެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ އައިލޭންޑުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން އިންފެކްޓުވެގެންނެނެވެ. އެއަށްފަހު މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 17 އަށް އަރައެވެ. އެއީ އިިނގިރޭސިވިލާތުގައި އުޅުމަށްފަހު ރާއްޖެއަށް އެނބުރި އައި ދެ ދިވެހިން ހިމަނައިގެންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ބައެއް ތަންތަނުން މި ވައިރަސް ފެނުމާއި އެކު ރާއްޖެއިން ވަނީ ރައްކާތެރިވުމުގެ ގޮތުން އަޅަމުން އައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އާއްމުންގެ ސަލަމާތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް ވަރުގަދަކުރަމުން ދިޔައިރު ބައްޔަށް ޕޮޒިޓިވް ވީ މީހުންނަށް ދޭންޖެހޭ ފަރުވާތައް ދިޔައީ ފުރިހަމަކުރަމުންނެވެ.

ރާއްޖޭގައި ކޮރޯނާ ބައްޔަށް ޕޮޒިޓިވްވި ހުރިހާ ބިދޭސީންވެސް ބަލިން ފަސޭހަވެފައިވާކަން ސަރުކާރުން މިރޭ ވަނީ ހާމަކޮށްފައެވެ. މިރޭ ބަލިން ރަނގަޅުވީކަން އިއުލާނު ކުރި ދެ މީހުންނަކީ އަނަންތާރާ ދިގު ރިސޯޓްގައި ތިއްބާ ޕޮޒިޓިވްވި ދެ ޓޫރިސްޓުންނެވެ. ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވީ ހުރިހާ ބިދޭސީން ބަލިން ރަނގަޅުވެފައިވާއިރު އެ އެންމެން ވެސް މިހާރު ތިބީ 30 ދުވަހުގެ މޮނީޓަރިންގައި ކަރަންޓީނުކޮށްފަ އެވެ. ވެލިދޫ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ދޫކޮށްލާނީ އެ މީހުންގެ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވުމުންނެވެ. ޑަބަލް ނެގެޓިވްވި މީހުންގެ ކަރަންޓީނު މުއްދަތު ހަމަވެފައިވާ ނަމަ މިހާރު ވެސް ޑިސްޗާޖް ކުރެވޭނެ ސަރުކާރުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ދެ މީހުންގެ އިތުރު ޓެސްޓްތަކެއް ހަދާފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން ދެ މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންވެ، ޑަބްލިއުއެޗްއޯގެ ޕްރޮޓްކޯލްއާ އެއްގޮތަށް އެމީހުން ހޮސްޕިޓަލް ދޫކޮށްލައި ދެން އަމަލު ކުރާނެ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ. އެ ދެ މީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަހު ކަރަންޓީނުކޮށް މޮނީޓާކުރުމަށްފަހު އެވެ.

ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. މި މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ސިއްހީ މާހިރުންގެ އުންމީދަކީ ދެން ފަރުވާދެމުންދާ ދެ ދިވެހީންވެސް ވެސް ބަލިން ސަލާމަތްވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: