ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހުއްޓާލުމަށް އަންގައިފި

މާލޭގެ ސަރަހައްދުގެ ޖިމްތަކާއި ކަސްރަތު ކްލާސްތައް ހުއްޓާލަން އެންގުން - ފޮޓޯ: ފިޓް ޒޯން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތައް އަދި ގުރޫޕް ކަސްރަތު ކްލާސްތައްވެސް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގާ ކަމަށެވެ.

އެ އެންގުމަށް ހޯމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަންޖެހޭނެއެވެ. އެ އެންގުން ތަންފީޒު ކުރުމަށްވެސް ދައުލަތުގެ އިދާރާތަކަށް ޑީޖީ ވަނީ އަންގަވާފައެވެ.

މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާފައިވާއިރު، ޖިމްތައް ހިންގާ ފަރާތްތަކުން މީގެ އެތައް ދުވަހެއް ކުރިން އަމިއްލައަށް ވަނީ ޖިމްތައް ބަންދު ކޮށްފައެވެ.

ރައްޖޭގެ ތާރީހުގައި ފުރަތަަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ރައްޖޭއިން ވައިރަަހަށް ޕޮޒިޓިވް ވެފައިވަނީ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިސޯޓުތަކަށް އައި ފަތުރުވެރިންނެވެ. އަދި އޭގެ އިތުރުން އެ މީހުންނާއި ކޮންޓެކްޓުވީ ބައެއް ބިދޭސީން ހިމެނެއެވެ. އެ ހުރިހާ އެންމެން ވެސް ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު ފަރުވާ ދެމުން އަންނަނީ ޔޫކޭއިން އެނބުރި އައުމަށްފަހު ކަރަންޓީންގައި ތިބި ދެ ދިވެއްސަކަށެވެ. އެތަނުން އެކަަކު ބައްޔަށް ޕޮޒިޓިވް ވީ ހުކުރު ދުވަހުއެވެ. އަދި އަނެއް ދިވެހި ކުއްޖާ ޕޮޒިޓިވް ވެފައިވަނީ އާދީއްތަ ދުވަހުއެވެ. 

ބަލި އާއްމުންގެ ތެރެއަށް އުފަންވުން ހުއްޓުވުމަށްޓަކާ އަޅާ ފިޔަވަޅުތައް ދަނީ ދުވަހުން ދުވަހަށް ވަރުގަަދަ ކުރަމުންނެވެ. އެގޮތުން މީހުން އާއްމުކޮށް އެއްވާ ތަންތަންކަމަށްވާ ޕާކުތަކަށް އެއްވުން ވަނީ މަނާ ކުރެވިފައެވެ. އަދި ސްކޫލުތަކާއި، ކޮލެޖް ޔުނިވާސިޓީތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އެއަށްފަހު ސަރުކާރުން އެންމެ ބޮޑަށް ދެމުންގެންދާ އިރުޝާދަކީ ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމެވެ. އޭގެ އިތުރުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި، ހުކުރު ނަމާދު ވެސް ނުކުރާ ގޮތަށް ނިންމައިފަ އެވެ. އެހެން ނަމަވެސް މާލޭގެ މަގުތަކުގައި މީހުން އުޅޭވަރު އަދި ވެސް މާބޮޑުތަކުން މަދުވެފައިނުވާތީ ފުލުހުން ވެސް ވަނީ ބޭކާރު ގޮތުގައި މަގުމަތީ އުޅޭމީހުންނަށް ނަސޭހަތްދީ ގެއަށް ދިއުމަށް ނަސޭހަތްތެރިވާނެކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ހަމަ އެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭ ގޮތަށް މާލެ ސަރަހައްދުގެ ސައިހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: