ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައެއް ފުލުހަށް ހުށަހަޅައިފި

މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު. (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރަށް ހަމަލާދީފައިވާ ކަމަށް ބުނާ މައްސަލައެއް ރޭ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅައިފިއެވެ.

ފުލުހުން ވަނީ މިފަދަ މައްސަލައެއް ހުށަހެޅިފައިވާކަން ”ސަންގަށް“ ކަށަވަރުކޮށްދީފައެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، މި ހަމަލާ ދިން ސަބަބާއި، ހަމަލާ ދިން ތަނާއި، އަދި މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން މެންބަރު ޒަރީރުގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިއީ މެންބަރު ޒަރީރަށް ހަމަލާދިން ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެއެވެ. މެއި 1، 2023 ގައި ގަލޮޅުގައި ހުންނަ ”ހަބީބީ ކެފޭ އެންޑް ބިސްޓްރޯ“ ތެރޭގައި އިންނަވަނިކޮށް، ފަސް މީހުންގެ ގްރޫޕަކުން ވަނީ އޭނާއަށް ހަމަލާދީފައެވެ. ފަތިހު 3:30 އެހާއިރު ހިނގި އެ ހާދިސާގައި ޒަރީރުގެ ބޮލަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.

އެ މައްސަލައިގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ހިމެނެއެވެ. ނަމަވެސް، ޒަރީރު ފަހުން ވަނީ އޭނާ ދިން ބަޔާން އަނބުރާ ގެންގޮސްފައެވެ. އަދި ގައްބަރޭއަކީ ގާތް ރަހުމަތްތެރިއެއް ކަމަށް ބުނެ، އޭނާ ދޫކޮށްލުމަށްވެސް ޒަރީރު ގޮވާލެއްވިއެވެ. އެފަހުން، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ހިމެނޭ މީހުން މިނިވަންކޮށްފައެވެ.

ޙަސަން ޒަރީރު މަޖިލީހަށް އިންތިޚާބުވީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ޒަރީރު އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް، 2023 ވަނަ އަހަރު އޭނާ ވަނީ އެމްޑީޕީން ވަކިވެ، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މާރާމާރީއަކީ ރާއްޖޭގައި މިހާރުވެސް އެންމެ އާންމުކޮށް ރިޕޯޓްކުރެވޭ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ގާތްގަނޑަކަށް 5.5 އިންސައްތައަކީ މާރާމާރީގެ މައްސަލަތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: