ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވައިޑް ބޮޑީ“ މަތިންދާބޯޓުގައި ރާއްޖެއަށް 67000 މީހުން ދަތުރުކޮށްފި: އަމީން

ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީން --- ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވީ 16 މަސްދުވަހުގެ ތެރޭގައި ”ވައިޑް ބޮޑީ“ މަތިންދާބޯޓުގައި ރާއްޖެއަށް 67000 މީހުން ދަތުރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށައަޅުއްވާ އަދި މިނިސްޓަރާ ކުރެއްވި ސުވާލަކީ މިފަހުން ރާއްޖެއަށް ގެނެއި ”ވައިޑް ބޮޑީ“ މަތިންދާބޯޓާއެކު އުންމީދުކުރިވަރުގެ ކުރިއެރުންތަކެއް ހޯދިފައިވޭތޯއެވެ. އަދި މިހާރު އެ ފްލައިޓު ބޭނުންކޮށްގެން ކުރަމުން އަންނަ ދަތުރުތަކަކީ ކޮބައިތޯ އާއި ޗައިނާ އަދި އިންޑިއާ ނޫން އެހެން މަންޒިލަކަށް ދަތުރުތައް ފަށާނީ ކޮންއިރަކުންތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މިވީ 16 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 67000 މީހުން އެ ފުލައިޓުން ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 55000 ފަތުރުވެރިން އައިސްފައިވާ ކަމަށާއި، ދިވެހީންގެ ހައްޖު ދަތުރުތަކާއި އޭގެ އިތުރަށް އުމްރާ ދަތުރުތަކުގައި ވެސް އެ ފްލައިޓް ޗާޓަރކޮށްގެން ބޭނުންކޮށްފައިވާ ކަމަށެވެ. އަމީން ވިދާޅުވީ މިކަމުގެ އެންމެ މުހިންމު ބޭނުމަކަށް ވާނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ކޮންމެ ފަހަރަކު އެ ފުލައިޓުގެ ބޭނުންކުރުން ކަމަށެވެ.

އަމީން ވިދާޅުވީ، ކޮވިޑް އައިއިރުވެސް ރާއްޖޭގައި އެއާބަސް އޮޕަރޭޓްކުރާތީ މުހިންމު ބޭސް ގެނައުމާއި އެފަދަ ކަންކަމުގައި ފަސޭހަތަކެއް ވި ކަމަށެވެ. ރާއްޖޭގައި ވައިޑް ބޮޑީ އޮޕަރޭޝަންތައް ފުޅާ ކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި، މެދުއިއިރުމަތީގެ ހަނގުރާމައެއް ދިމާވާ ހާލަތުގައި ގިނަ އެއާލައިންތައް ހުއްޓުމަކަށް އަންނައިރުވެސް އަމިއްލައަށް އޮޕަރޭޓެ ކުރެވޭނެ ފުލައިޓެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

”ޝެޑިއުލް ދަތުރުތަކުގެ ގޮތުގައި ޗައިނާގެ ތިން ޑެސްޓީނޭޝަނަކަށް ދަތުރުތައް ކުރަމުންދޭ. އޭގެ އިތުރުން އޮސްޓްރޭލިއާއަށްވެސް ދަތުރު ކުރަމުންދޭ. މީގެ އިތުރަށް ޕީކް ސީޒަނުގައި ސައުދީ ޖިއްދާ، އަދި އިންޑިއާގެ ޓްރެވެންޑްރަމް، ކޮޗިން ހިމެނޭ. އަޅުގަނޑުމެންގެ ނެރޯ ބޮޑީ އެއާކްރާފްޓްގައި، ކެޕޭސިޓީން ބޭރުން ދަތުރުތައް ކުރަންޖެހޭ ވަގުތުތަކުގައި ބަންގްލަދޭޝްއަށްވެސް އޮޕަރޭޓް ކުރަމުންގެންދޭ،“

އަމީން ވިދާޅުވީ ޗައިނާ، އިންޑިއާގެ އިތުރުން އޮސްޓްރޭލިއާއަށް ދަތުރުތައް ފެށިފައިވާ ކަމަށެވެ. އަދި އެފަދަ ބޮޑެތި އިންވެސްޓްމަންޓުތަކަށް ބަޖެޓު ސަޕޯޓް ބޭނުންވާނެ ކަމަށާއި އެހެން ގައުމުތަކުގައިވެސް އެގޮތަށް އެކަން ކުރާ ކަމަށް ވިދާޅުވިއެވެ. ބޮޑެތި ކެޕިޓަލްއަށް އިންވެސްޓުކުރުމަކީ ކުންފުނީގެ މާލިއްޔަތަށް ގެއްލުންވުން ނޫން ކަމަށާއި މިކަމުގައި އެންމެ މުހިންމު ކަމަކީ އިގްތިސާދަށް އެކަމުން ކުރާ ފައިދާ ކަމަށް އަމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: