ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ފަހުކޮޅު ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނިގެންދާނެ: ހީނާ

މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި އަންނަ އަހަރު ފަހުކޮޅު ހިމެނިގެންދާނެ ކަމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ ރާއްޖޭގައި ހުރި ހިިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށް ޓަކައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 400 އަށްވުރެ ގިނަ އާސާރީ ތަންތަން މިހާތަނަށް ލިސްޓުކުރެވިފައިވާ ކަމަށާއި އަދި އެ ތަންތަން ބެލެހެއްޓުމާއި މައުލޫމާތު އެއްކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީ ގުޅިގެން ”މެރިޓައިމް ސާވޭ“ ގެ ނަމުގައި ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި 2027 އަހަރު ފަހުކޮޅު ޔުނެސްކޯގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނިގެންދާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެެ.

ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަައް ހިމެނުމަށް ނޮމިނޭޝަން ފައިލު ތައްޔާރުކޮށް މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ޔުނެސްކޯއަށް ޑޮޒިއާ ހުށަހަޅާފައިވާ ކަމަށެވެ. މި ތަންތަން އިވެލުއޭޓްކުރުމަށް ޔުނެސްކޯގެ ޚާއްސަ ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މިކަން ކާމިޔާބުވުމަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ހީނާ ވިދާޅުވިއެވެ.

”ނޮމިނޭޝަން ފައިލް ތައްޔާރުކޮށް މިއަހަރުގެ ޖެނުއަރީ މަހު 21 ވަނަ ދުވަހު މިވަނީ ޔުނެސްކޯއަށް ހުށަހަޅާފަ. އަދި ޔުނެސްކޯއިން މިހާރު އެވަނީ ނޮމިނޭޝަން ފައިލް ބަލައިގަނެފަ، ރާއްޖޭގެ ޑޮކިއުމަންޓު ކޮމްޕްލީޓްވެފައިވާ ކަމަށް އަޅުގަނޑުމެންނަށް އަންގާފަ އަދި އިއުލާންކުރައްވާފަ.“ ހީނާ ވިދާޅުވިއެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅާފައިވާ ހިރިގަލު މިސްކިތްތަކަކީ މާލޭ ހުކުރު މިސްކިތާއި، ހއ. އިހަވަންދޫ ހުކުރު މިސްކިތާއި، ރ. މީދޫ ބާ މިސްކިތާއި، އދ. ފެންފުށީ ހުކުރު މިސްކިތާއި ލ. އިސްދޫ އާސާރީ މިސްކިތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: