ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެފަހުން ”ޓޭކްއަވޭ“ ގެ ޚިދުމަތެއް ދަންވަރަކު ނުލިބޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލޭގެ ސަރަޙައްދުގައި ހިންގާ ކެފޭ، ރެސްޓޯރެންޓް ހޮޓާފަދަ، ޢާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުންދޭ ”ޓޭކްއަވޭ“ ގެ ޚިދުމަތް ދަންވަރުގެ ވަގުތުތަކުގައި ދިނުން، އެޗްޕީއޭއިން މަނާކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނުގައިވަނީ، އޭޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 12:00 އިން ފެށިގެން ވަކިގޮތެއް އަންގަންދެން، މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ ކެފޭ، ރެސްޓޯރެންޓް ހޮޓާފަދަ، ޢާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުންދޭ ”ޓޭކްއަވޭ“ ގެ ޚިދުމަތް ދިނުން މެންދަމު 12:00 އިން، ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް އަންގާފައެވެ.

މީގެ އިތުރުން އެޗްޕީއޭއިންވަނީ، މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ އެންމެހައި ފިހާރަތަކުން، ރޭގަނޑު 11:00 އިން، ހެނދުނު 6:00 އާއި ދޭތެރޭ އެއްވެސް ޚިދުމަތެއް ފޯރުކޮށްނުދިނުމަށާއި، މި ތިން ރަށުގައި ހިނގަމުންދާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް، ހަވީރު 17:00 އިން ހެނދުނު 6:00 އަށް މެދުކަނޑައިލަން އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: