ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޣާވާތްކުރިކަމުގެ ހެއްކެއް ދައްކައިފިނަމަ ރައީސް ނަޝީދަށް ފައިސާގެ އިނާމަކާއި ޢުމްރާދަތުރެއްދޭނަން: ޑރ. ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: ސަންއޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތެއް ފެބްރުއަރީގައި ބަޣާވާތްކުރިކަމުގެ އެއްވެސް ހެއްކެއް ދައްކައިފިނަމަ ރައީސް ނަޝީދަށް ފައިސާގެ އިނާމަކާއި ޢުމްރާދަތުރެއް ދެއްވާނެކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، އޭނާ ފެށްޓެވި ކީރިތި ޤުރުއާން ކިޔެވުމުގެ ޗެލެންޖުގެ ދަޢުވަތު، ރައީސް ނަޝީދުއަށް އެރުވުމުން، އެ ކަމަށް ޢުޒުރުވެރިވެވަޑައިގަތުމުގެ ގޮތުން ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަކާއި ގުޅިގެންނެވެ.

ނަޝިދުގެ މި ބަސްފުޅާއި ގުޅިގެން، ޑރ. ޝަހީމް ރޭގެ ވަގުތެއްގައި ކުރެއްވެވި ޓްވީޓްގައި ވިދާޅުވީ، 7 ފެބްރުއަރީއާއި އެއާއި ގުޅޭ 22 ދުވަހުގެ އެއްވެސް ކަމެއްގެ މަންޒަރާއި އަޑުން އޭނާގެ ވީޑިއޯއެއް އަދި އޯޑިއޯއެއް ނުވަތަ ފޮޓޯއެއް ވެސް، ނަޝީދު ދައްކަވައިފިކަމުގައިވާނަމަ، 150.000 ރުފިޔާ ދެއްވާނެކަމަށެވެ.

މީގެ އިތުރުން، ޢުމްރާ ދަތުރުގެ ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދުދޭނެކަމަށާއި، ދަތުރުގައި އެއްޗެހި އުފުލަން ވެސް ނަޝީދު އަރިހުގައި ހުންނަވާނެކަމަށެވެ.

https://twitter.com/Mohamedshaheem1/status/1245061212402003968?s=20

ޝަހީމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު 7 ފެބުރުއަރީއާއި، އެ ވެރިކަން ބަދަލުވެގެން ދިއުމަށް މެދުވެރިވި 22 ދުވަހުގެ މުޒާހަރާތަކާއި ގުޅިގެން ރައީސް ނަޝީދާއި ޗެލެންޖުކުރައްވާކަމަށެވެ. ޝަހީމްވަނީ ރައީސް ނަޝީދުގެ ތުހުމަތުތައް ކުށްވެރިކުރަށްވާފައެވެ.

މި ގޮތުން، ޝަހީމް ވިދާޅުވީ، ބަޣާވާތްނުކުރައްވާކަމަށާއި، އޭނާގެ ބައްޕައާއި ކާފައަކީ ވެސް ބަޣާވާތްކުރި ބައެއްނޫންކަމަށާއި، ފިސްތޯލައެއްގެ ހިސާބު ވެސް އެތެރެ ނުކުރާކަމަށާއި، އޭނައަކީ، އަލީ ސަޢިދުގެ ދަރި މުޙައްމަދު ޝަހީމް އަލީ ސަޢީދުކަމަށެވެ.

”އަޅުގަނޑަކީ ބަޣާވާތެއް ކުރި މީހެއް ނޫން. އަޅުގަނޑުގެ ބައްޕަ ވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލައެއް ވެސް އެތެރެއެއް ނުކުރޭ. އަޅުގަނޑުގެ ކާފަވެސް ބަޣާވާތެއް ނުކުރޭ. ފިސްތޯލައެއް ވެސް އެތެރެއެއް ނުކުރޭ. އަޅުގަނޑަކީ އަލީ ސައީދުގެ ދަރި މުހައްމަދު ޝަހީމް އަލީ ސައީދު.“ ޝަހީމް

https://twitter.com/Mohamedshaheem1/status/1245061214050410497?s=20

ޝަހީމްވަނީ ރައީސް އޮފީހުގެ މިނިސްޓަރު ހަމައެހެންމެ އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވެސް، އެފަދަ ތުހުމަތުތަކެއް ކުރައްވައިފައިވާތީ އެ ކަމަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ޝަހީމަކީ ބަޣާވާތް ކުރައްވާފައިވާ ބޭފުޅެއްކަމަށް، ގިނަ ބަޔަކު ބުނާކަމަށާއި، ޗެލެންޖު ކުރުމުގެކުރިން ތައުބާވުމަށް ޝިފާޒް ވަނީ ގޮވާލައްވާފައެވެ.

ޝަހީމްވަނީ، ރައީސް އޮފީހުގެ ޗީފް އޮފް ކޮމިއުނިކޭޝަންގެ މަޤާމުގައި ހުންނެވި ޢަދާލަތު ޕާޓީގެ ނާއިބު ރައީސް ޢަލީ ޒާހިރުގެ ގާތުގައި، އެ ދުވަހު ހުންނެވީ ކޮންތަނެއްގައިތޯ ސާފުކުރައްވަން އެދިވަޑައިގެންފައެވެ.

”… ބްރަދާރ ޝިފާޒް، މަނިކުފާނާއެކު ރައީސް އޮފީހުގައި އުޅޭނެ ޢަލީ ޒާހިރު ކިޔާ ބޭފުޅެއް. 7 ފެބްރުއަރީގައި ވެރިކަން ވެއްޓުނުއިރު އަޅުގަނޑު އިންތަނަކާއި ކުރަން ހުރި ކަންކަން އޭނާއަށް އެނގޭނެ. ޕްލީސް އާސްކް ހިމް“ ޝަހީމް

https://twitter.com/Mohamedshaheem1/status/1245058979811733507?s=20

ރައީސް ނަޝީދުއާއި، ޝިފާޒް މިފަދަ ތުހުމަތުތަކެއް ކުރެއްވިނަމަވެސް، 7 ފެބްރުއަރީ  2012 ގައި، އަމިއްލަ އިޚްތިޔާރުފުޅުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރު، ޑރ.ޝަހީމް ހުންނެވީ މެލޭޝިޔާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: