ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗް 14 އިން 19 އަށް އިނގިރޭސިވިލާތުން އައި މީހުން ޓެސްޓް ކުރަން ނިންމި ގޮތް އެނގެން ބޭނުން: ނަޝީދު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އިނގިރޭސީވިލާތުން ރާއްޖެއައި މީހުން ޓެސްޓް ކުރަން ނިންމި ސަބަބު އެނގެން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިނގިރޭސިވިލާތުން މީގެ ކުރިން އައިސްފައިވާ ދިވެހިންނާއި އެމީހުން ކޮންޓެކްޓްވި އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށުމާއި ގުޅިގެންނެވެ. އަދި މީގެކުރިން އިނގިރޭސިވިލާތުން އައި މީހުން ޓސްޓް ކުރަން އެޗްޕީއޭއިން ނިންމާފައިވާ މުއްދަތަކީ ރައީސް ނަޝީދު ވެސް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެވަޑައިގެންނެވި މުއްދަތުކަން ފާހަގަ ކޮށްލަން ޖެހެއެވެ. 

މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް އިނގިރޭސިވިލާތުން ރާއްޖެއައި އެންމެން ޓެސްޓް ކުރުމަށް ނިންމާފައިވާ ނިންމުމާއި ބެހޭ ގޮތުން މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ  މާޗް މަހުގެ 11 އިން 14 އަށް އެމަނިކުފާން އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި  އެމަނިކުފާނު މި ދަތުރުފުޅު ކުރެއްވިއިރު ކޮވިޑް-19 އަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ހުރިހާ މީހުން ކޮވިޑަށް ޓެސްޓް ކުރަން ކަމާބެހޭ ފަރާތްތަކުން ނިންމާފަ ނުވާ ކަމަށާ އަދި އިނގިރޭސިވިލާތާ ގުޅޭ ގޮތުން އެފަދަ ޓްރެވަލް އެޑްވައިޒަރީއެއް ވެސް ނެެރެފައި ނުވާކަމަށެވެ.

އެހެން ކަމުން އިނގިރޭސިވިލާތުން މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އައިސްފައިވާ ދިވެހިން ޓެސްޓު ކުރަން ނިންމި ނިންމުމާއި އެއްގޮތަށް އަމަލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި ނަމަވެސް އެޗްޕީއޭ އިން ޓެސްޓް ކުރުމަށް މުއްއްދަތު ކަނޑައެޅި ގޮތް ސައިންޓިފިކް ގޮތުން އެނގެން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ކޮވިޑް-19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މުއްދަތާއި ހަމައަށް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ ހުރިހާ ދިވެހިން ވެސް ޓެސްޓް ކުރާނެ ކަމަށާއި އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ވެސް ހޯދައި އެމީހުން ވެސް ޓެސްޓް ކުރާނެ ކަމަށެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިމިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ރާއްޖެ އަށް މިހާރު އަންނަ ހުރިހާ ދިވެހިން ވެސް ސީދާ ކަރަންޓީނަށް ގެންދާއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރުން ދާދިފަހުން ވަނީ ކަރަންޓީނުގައި ތިބޭ އެންމެން ވެސް ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާނެކަން އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: