ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ.ދާންދޫގެ ހޮޓަލެއްގެތެރޭގައި ތޫނުއެއްޗަކުން ހަމަލާދީ ދެމީހަކު މާރާމާރީ ހިންގައިފި

ގއ.ދާންދޫ. ފޮޓޯ: ސެކްރެޓޭރިއަޓް އޮފް ދާންދޫ ކައުންސިލް ޕޯސްޓް(ފޭސްބޫކްޑޮޓްކޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.ދާންދޫގެ ހޮޓަލެއްގެތެރޭގައި ދެ މީހަކު ޒުވާބުކޮށް ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، ރޭ 21:50 ހާއިރު، އެ އިދާރާއަށް ރިޕޯޓުކޮށްފައިވުމުން، އެ ސަރަޙައްދަށް ގޮސް ބަލައިފައިވާކަމަށާއި، އަނިޔާ ލިބިފައިވާ މީހަކު އެ ރަށުގެހެލްތު ސެންޓަރަށް ގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެއީ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ ޒުވާނެއްކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އަނެއްމީހާއަށް ވެސް އަނިޔާ ލިބިފައިވާތީ ފުލުހުންގެ އެހީތެރިކަމާއެކު ޑޮކްޓަރަށް ދައެްކާފައިވާކަމަށެވެ.

މި މާރާމާރީގައި ހިމެނޭ ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ މިހާރު މި މައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: