ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ހާލަތުގައި ޚަރަދުކުރަނީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށްތޯ ބަލަންޖެހޭ: އަފީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ވައިރަހާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެކަމަށް ޚަރަދު ކުރަމުންދަނީ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތައްތޯ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ކުއްލި ހާލަތުގައި ”އެމަރޖެންސީ“ ބޭނުމަށޭވިދާޅުވެ، ވަކިފަރާތަކަށް މެސެޖެއް ފޮނުއްވައިގެން ތަކެތި ބައްލަވައިގަތުމުގެ ކުރިން، ދައުލަތުގެ މާލިއްޔަތު ޤަވައިދު ބައްލަވާ ލެއްވުމަށް ޒިންމާދާރު މަޤާމެއްގައި ހުންނެވި ބޭފުޅަކު ކުރައްވާފައިވާ ޓްވީޓެއް ފެނުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

އަފީފް އެ އިޝާރާތް ކުރެއްވި ޓްވީޓަކީ ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދު ކުރައްވާފައިވާ ޓްވީޓެކެވެ. އެ ޓްވީޓުގައި ޒަރިޔަންދު ވިދާޅުވެފައިވަނީ ކުއްލި ހާލަތުގައި ”އެމަރޖެންސީ“ ބޭނުމަށޭވިދާޅުވެ، ޑަސްޓްބިން ބޭގް އިން ފެށިގެން މެޝިނަރީ އާއި ހަމަޔަށް، ވަކިފަރާތަކަށް މެސެޖެއް ފޮނުއްވައިގެން ތަކެތި ބައްލަވައިގަތުމުގެ ކުރިން، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 4.10 (ރ) ގައި ބަޔާންކުރާ ”ސްޓޮކް“ ދުރާލާ ބެހެއްޓުމަށެވެ.

އެކަމާއި ގުޅިގެން ޒަރިޔަންދު ކުރެއްވި އެހެން ޓްވީޓެއްގައިވަނީ ކޮވިޑް ރޯގާއާއި ގުޅިގެން ހޯދާތަކެއްޗާއި ކުރާ އެންމެހާ ޚަރަދުތައްވެސް ހުންނަންޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި ކަމަށެވެ. އަދި ޚާއްސަ އުޞޫލަކުން ހޯދާ ”ވެންޓިލޭޓަރ“ ފަދަ ތަކެތި ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރާ ގޮތުގެ ޤާނޫނީ ހަމަތައް ޢާއްމުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.

އެ ޓްވީޓްތަކާއި ގުޅިގެން އަފީފް ވިދާޅުވީ މި ވަގުތު ދިމާވެފައިވާ ހާލަތަކާއި ގުޅިގެން ޚަރަދު ކުރުމަށް ހަމަޖައްސާފައިވާ ދުއިސައްތަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިގެންދަނީ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތަށްތޯ ރައްޔިތުންގެ މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ.

އަފީފް ވިދާޅުވި ގޮތުގައި ދައުލަތުގެ ވަޒީރުންނާއި އެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވާ ފަރާތްތައް ކަންކަން ކުރަމުން ދަނީ ކޮންގޮތަކަށްތޯ ވިސްނަވަންޖެހެއެވެ.

”އަޅުގަނޑު މިއަދު އަޅުގަނޑުމެންގެ (އެމްޑީޕީގެ) ވަޒީރުންނަށްވެސް އަދި އެހެން ވަޒީރުންނަށްވެސް، ރައީސް އޮފީހުގައި ތިއްބެވި ވަޒީރުންނަށްވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ދަންނަވާލަން އޮތީ އަޅުގަނޑުމެން މިއަދުވީ ޤައުމަށޭ އިޚުލާސްތެރިވާން،  އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަމިއްލަ ޖީބު ފުރާކަށެއް ނޫނޭ“ އަފީފް ވިދާޅުވިއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، މިދަނޑިވަޅުގައި ސިއްހީ ގޮތުން ބޭނުންވާ ބައެއް ސާމާނު ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ޚިލާފަށް ބައެއް ކަންކަން ކުރަމުން އަންނަކަން ބައެއް ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ”އެމަރޖެންސީ“ ބޭނުމަށް ކަމަށްބުނެ، ބިޑް ހުޅުވާނުލާ ވެންޓިލޭޓަރާއި އެނޫންވެސް ބައެއް ތަކެތި ގެނައުމަށް ވަކި ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވެއެވެ. އަދި އެކަމާއި ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ސުވާލުވެސް ކޮށްފައިވެއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް 70 ވެންޓިލޭޓަރު ގެނައުމަށް ވަކި ބަޔަކަށް ދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނޫސްވެރިއަކު ސުވާލުކުރުމުން ކޮވިޑް-19 އަށް ކަނޑު އަޅުއްވާފައި ހުންނެވި ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ވަކި ބަޔަކަށް ދިނުމާއި މެދު އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއަށް ހަމަކުރުމަށް މަސައްކަތް ކުރަމުންދަނީ 200 ވެންޓިލޭޓަރު ކަމަށާއި އެ އަދަދު ހަމަކުރުމަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: