ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސްއެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވައިފި

ސީޕީ ހަމީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޑް-19 އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ މަސައްކަތުގައި، މި ސަރވިސްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 2020 އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސްއެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވައިފިއެވެ.

މި ޓާސްކް ފޯރސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ، ދެއްވާ އިރުޝާދުތަކާ ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ގެނެވިފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތްތަނުގައިވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ތަންފީޒުކުރުމެވެ.

މީގެ އިތުރުން، “އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގެ އުސޫލު” އެކުލަވާލުމަށްފަހު 2020 އޭޕްރިލް 1 ވަނަ ދުވަހު ކޮމިޝަަނަރ އޮފް ޕޮލިސް ވަނީ ފުލުހުންނަށް މި އުސޫލު އާއްމު ކުރައްވާފައެވެ.

އަދި 2020 މާރިޗު 19 ވަނަ ދުވަހު “އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތުގެ އުސޫލާއި” އަދި 2020 މާރިޗު 23 ވަނަ ދުވަހު “ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން ޢަމަލުކުރާނެ ގޮތުގެ އުސޫލު” ކޮމިޝަނަރ އޮފް ޕޮލިސް އާއްމުކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: