ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ އެޕާޓްމެންޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

ގ. ފުންވަޅުގޭގައި އަލިފާނުގެ ހާދިސާ ހިނގައި ގެއްލުން ވެފައި -- ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ލޮނުޒިޔާރަތް މަގުގައި ހުންނަ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއްލުންވި 58 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ޖުލައި 5 ވަނަ ދުވަހުގެ ރޭ 22:49 އެހައިކަންހާއިރު ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ފުންފަޅުގެ 4 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަގައެވެ.

މި ހާދިސާއާ ގުޅިގެން ބަޔަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހާދިސާ އާ ގުޅިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތުން ނެރުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން ވަނީ ކޮށްފައެވެ. އަދި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 18 މީހަކު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާއިރު، ތުއްތު ކުއްޖަކާއި އިތުރު ދެ މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ހަތަރު ކުޑަކުދީންނެވެ.

އަލިފާން ރޯވި ފަންގިފިލާގެ އިތުރުން، އެ އިމާރާތުގެ އެހެން ބައެއް އެޕާޓްމަންޓްތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިިބިފައެވެ. އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެންޑީއެމްއޭއިންގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް އަދި ފުލުހުން ގުޅިގެން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ އިންތިޒާމުތަކުގެ އިތުރުން ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާދިސާއާ ގުޅިގެން ބައެއް މީހުންނަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އިމާރާތާއި ކައިރީގައި ހުރި ގެތަކުންވެސް މީހުން ވަނީ ހުސްކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: