ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ ދިރާސާއަކާއި ޙަވާލާ ދެއްވާ ޑރ. މުހައްމަދު އަލީ އިރުޝާދު ދެއްވަނީ ފޮތި މާސްކު އެޅުމަށް!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭވާލާ ވައިގެ ޒަރީއާއިން ވެސް ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް އަލަށް ކުރެވުނު ދިރާސާއަކުން ހާމަވެފައިވާތީ، ރައްކާތެރިވުމުގެ ގޮތުން ފޮތި މާސްކު އެޅުމަށް ޑރ. މުހައްމަދު އަލީ އިރުޝާދު ދެއްވައިފި އެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ޖައްސާ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތީ ހަމަ އެކަނި ޑްރޮޕްލެޓްސް އިން ނޫން ކަމަށް އަލަށްކުރެވުނު ދިރާސާ އިން އެނގިފައިވާ ކަމަށެވެ. އަދި އިންސާނުން ބޭރަށް ލާ ނޭވާ އާއިއެކު އެ ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އާ ދިރާސާއިން ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްޔަކީ މުޅިން އާ ބައްޔެއް ކަމުން އާ މައުލޫމާތުތައް އަބަދުވެސް ލިބެމުން އަންނަ ކަމަށާއި އެމެރިކާއަށް ބަލި ފެތުރުމާއި ގުޅިގެން، މި ބައްޔާ ގުޅިގެން އެގައުމުން ކުރާ ދިރާސާތައް އިތުރުކޮށްފައިވުމުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާނެ ކަމަށްވެސް ޑރ. މުޙައްމަދު އަލީ ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ބަލިން ރައްކާތެރި ވުމަށް ފޮތި މާސްކުން ނޭފަތާއި އަނގަ ބަންދު ކުރެވިދާނެއެވެ. އަދި އިތުރު ހެކިތައް އަންނަންދެން އެގޮތަށް އަމަލު ކުރައްވަން ޑޮކްޓަރުވަނީ އެދިވަޑައިގެންފައެވެ.

ޑރ. މުޙައްމަދު އަލީ އާއި ގިނަ ޑޮކްޓަރުންވެސް ވިދާޅުވާ ގޮތުގައި ފޮތި މާސްކަކީ މުޅިން ރައްކާތެރިކޮށްދޭނެ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ. ނަމަވެސް އެއްޗެއް ނެތުމަށް ވުރެ ފޮތި މާސްކުން ލިބޭ ރައްކާތެރިކަން ބޮޑު ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ނޭވާލާއިރު ބޭރުވާ ވައިން މި ވައިރަސް ބޭރުވެ ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ދިރާސާއަކުން ހާމަވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ  ކޮވިޑަކީ19 އަކީ އެއާބޯން ނުވަތަ ވައިގެ ތެރޭން ފެތުރޭ ބައްޔެއްކަން އެނގިފައި ނުވާ ކަމަށެވެ.

އެބަލި ފެތުރެނީ ކެއްސައި، ކިނބިހި އަޅާއިރު، ނުވަތަ ވާހަކަ ދައްކާއިރު ބޭރުވާ ކުޅުގައި ހުންނަ ޖަރާސީމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާން ބުނެފައިވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: