ކޮރޯނާ ވައިރަސްއާއި ގުޅިގެން ކާފައިފު އިއުލާނުކޮށްފައިވާ އަވައްޓެރި ލަންކާގެ ކޮލަބްބޯ އާއި އިންޑިއާގެ ކޮޗިންއިން މޯލްޑިވިއަންގެ ފްލައިޓުތަކެއް ޝެޑިއުލްކޮށް އެ ގައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވިއަންއިން ނިންމާފައިވަނީ އާދިއްތަ އަދި ހޯމަ ދުވަހު ލަންކާއާ އިންޑިއާގެ ކޮޗިންއަށް ދަތުރުތަކެއް ކުރުމަށެވެ. މޯލޑިވިއަނުން ބުނެފައިވަނީ ކޮލޮމްބޯއިން މާދަމާ ދެ ފްލައިޓް އަދި ކޮޗިން އިން ހޯމަ ދުވަހު އެއް ފްލައިޓް އަންނާނެ ކަމަށެވެ. އަދި ޖާގަ ބޭނުންވާ ފަރާތްތަކުން ޕާސްޕޯޓް ކޮޕީ އާއި ނަމާއި ނަމްބަރު ވައިބަރ މެދުވެރިކޮށް މޯލްޑިވިއަނަށް ފޮނުވުމަށްވެސް އެދިފައިވެއެވެ.
https://twitter.com/MaldivianAero/status/1246418590649049089https://twitter.com/MaldivianAero/status/1246425330186727424
ލަންކާއަށް އެންމެ ފުރަތަމަ ދާ ފްލައިޓު ކޮލަމްބޯއަށް ދާނީ މާދަމާ 17:40 ގައެވެ. އަދި ރާއްޖެ އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ 18:40 ގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެ ރޭ 20:20 ގައި ލޭންޑުކުރާނެއެވެ. ދެވަނަ ފްލައިޓް ލަންކާއަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 17:55 ގައެވެ. އަދި ލަންކާއިން ރާއްޖެ އައުމަށް ފުރާނީ 18:55 ގައެވެ.
މީގެ އިތުރުން އިންޑިއާގެ ކޮޗިންއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. އެ ދުވަހުނީ 18:00 ގައި ރާއްޖެއިން ފުރާ ފްލައިޓު ދިވެހިންނާއެކު ރާއްޖެ އަންނަން ފުރާނީ 19:00 ގައި ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.
މޯލްޑިވިއަންއިން ވަނީ އެ ދަތުރުތަކުގައި ރާއްޖެ އަންނަން ބޭނުންވާ މީހުން ޕާސްޕޯޓު ކޮޕީ އާއި ނަމާއި ގުޅޭނެ ނަންބަރުގެ މައުލޫމާތު އެ އެއާލައިންއަށް ވައިބާއިން ހިއްސާކޮށްދިނުމަށް އެދިފައެވެ.
ދަތުރުތަކެއް ސްރީލަންކާ އަދި އިންޑިއާގެ ކޮޗިންއަށް ކުރުމަށް ހަމަޖައްސާފައިމިވަނީ ކޮވިޑް19 ގެ ސަބަބުން އިންޑިއާ އަދި ލަންކާއިންވެސް ބޭރުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާ އެއާޕޯޓް ބަންދުކޮށްފައިވަނިކޮށެވެ. އެ ދެ ގައުމުގައި ވެސް ގިނަ ދިވެހިންތަކެއް ނާދެވިފައި އެބަތިއްބެވެ.

