ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: ފިޔަވަޅުތަކާއި ބެހޭގޮތުން ރައީސް ސޯލިހާއި، ލަންކާގެ ބޮޑުވަޒީރާ ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފި

ހާލަތާ ގުޅޭގޮތުން ރައީސް ސޯލިހާއި، ލަންކާގެ ބޮޑުވަޒީރާ ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަޝްވަރާކުރައްވައިފި އެވެ.

މިއަދު ހެނދުނު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް ދެ ޤައުމުންވެސް އަޅާފައިވާ އަދި އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކޯވިޑް-19 ބަލި ބާރަށް ފެތުރެންފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރައްވަމުން، ރައީސް ސޯލިހް އާއި ލަންކާގެ ބޮޑުވަޒީރު ވަނީ ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަސީލަތްތައް އިތުރުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންނާއި، އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަލު ކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެގައުމުން ވެސް، ބައެއް ދަތުރުފަތުރު ހުއްޓާލުންފަދަ ހަރުދަނާ ފިޔަވަޅުތަކާއި، މި ދުވަސްވަރު ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ބާރުއަޅާ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވާފައެވެ. އޭގެ އިތުރުން ދެޤައުމުގެ ލީޑަރުންވެސް ވަނީ މި ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، މި ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދުގެ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: