ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަންދޫގައި ގެނބެމުންދިޔަ ދެ ކުޑަކުދިން ސަލާމަތްކުރީ ފުލުހަކާއި އާންމު މީހެއް

ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އއ. ހިމަންދޫ، ދިލާސާގެ މުޙައްމަދު އާޙިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ހިމަންދޫގައި މޫދަށް އެރި އުޅެނިކޮށް ގެނބެމުންދިޔަ ދެ ކުޑަކުދިން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، އިއްޔެ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ސަރަހައްދުގައި ހުރި އަންހެނެއްގެ ފަރާތުން ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދާ މަންޒަރު ފެނުނު ކަމަށެވެ.

އެ ދެ ކުދިން ސަލާމަތްކުރުމަށް ޓަކައި ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު އާންމު ފަރާތެއް ކަމަށްވާ އއ. ހިމަންދޫ، ދިލާސާގެ މުޙައްމަދު އާޙިލް ވަނީ ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ތިބި ސަރަހައްދަށް ގޮސްފައެވެ.

މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ މީހަކުވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންމެންގެ އެހީތެރިކަމާއެކު އެ ދެ ކުދިން ވަނީ ރަށުގެ ބީޗް ސަރަހައްދަށް ސަލާމަތުން ގެންގޮސްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވެއެވެ. ނަމަވެސް އެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: