ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ދެ ސަރަހައްދެއްގައި އެއް ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެއް

މުނިޔާ މަގުގައި ހުންނަ ގުދަނުގައި މިއަދު ހެނދުނު އަލިފާން ރޯވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހެނދުނު މާލޭގެ ދެ ސަރަހައްދެއްގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއަދު ހެނދުނު އަލިފާނުގެ ހާދިސާތައް ހިނގާފައިވަނީ ގ. މިތުރު ގޭގައި އާއި ޖަޔާ ކުޝަން ކައިރީގައި ހުންނަ ގ. ޝަފާ ގޭގައެވެ. އެ ދެ އަލިފާންގަނޑު ވެސް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ ވަރަށް އަވަހަށް ކޮންޓްރޯލުކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި ގ. މިތުރު ގޭގައި އަލިފާން ރޯވިކަމުގެ މައުލޫމާތު 8:39ގައި ލިބުމުން ފަޔާ ފައިޓަރުން ހަރަކާތްތެރިވެ، 9:08 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލިއެވެ.

އޭގެ އިތުރުން، މުނިޔާ މަގުގައި ހުންނަ ގ. ޝަފާ ގޭގެ ގުދަނެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:26 ގައެވެ. އެ އަލިފާންގަނޑު ނިއްވާލީ 9:46 ހާއިރުއެވެ.

އެއިން އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. ނަމަވެސް، އެ ހާދިސާތައް ހިނގި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން، ގ. މިތުރު ގޭގެ ތިން ވަނަ ފްލޯގައި ހުންނަ އެޕާޓްމެންޓެއްގެ ކަރަންޓު ސޮކެޓެއްގައި ރޯވެ އެ އެޕާޓްމެންޓަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެޕާޓްމެންޓުގައި ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ހަތަރު މީހުން ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ ފަންކާ އަދި އޭސީ ވެސް ވިރިފައި ހުރި އިރު ދުމުގެ ސަބަބުން ފާރުތަކުގައި ހުރީ ކަޅުކުލައެވެ.

ގ. ޝަފާ ގޭގެ ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ގުދަނުގައި ހުރި ތަކެތި ވެސް ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެ އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ވަރަށް ބޮޑަށް ދުން ބޯވިއެވެ. އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި، އެތަނުން އެވަރަށް ދުން އަރާފައިވަނީ ގުދަންކޮށްފައި ހުރި ފޮތި ރޯލުތަކެއްގައި އަލިފާން ރޯވުމުންނެވެ.

އޭގެ އިތުރުން، އެ ގުދަނާ ޖެހިގެން ހުރި ގޭގައި ދިރިއުޅޭ 10 ބިދޭސީއަކު ވަގުތީ ގޮތުން އެ އިމާރާތުން ނެރެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: