ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލުން މަދުވެގެން 1.5 ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފި

މާލެ ސިޓީ ކައުންސިލުގެ މޭޔަރ އާދަމް އާޒިމް/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުގެ މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ކަނޑައަޅައިފާވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ރޭ ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައެވެ.

އެ ޕްލޭނުގައިވާ ގޮތުން ކައުންސިލްގައި ރިޒާވް ފަންޑެއް ހުޅުވައި ކައުންސިލަށް އާމްދަނީ އިތުރުވާނެ ކަންކަމަށް ފަންޑުން އިންވެސްޓްކުރުން ހިމެނިގެންދާނެކަމަށް ކައުންސިލުން ބުނެއެވެ. އެކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މި ޕްލޭންގައި ޕާކިންގް ބިލްޑިންގ، ހައުސިންގ، ލަފާފުރާ ގިމަތަތައް، ޕާކާ މައިޒާންތައް އަދި ކޮމާޝަލް ބިލްޑިންގ ހިމެނޭނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އޭގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ކައުންސިލުގެ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދޫކުރާ، ބޭސް ރޭޓް ފްރޭމްވާރކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނޭކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ކައުންސިލްގެ މެދުރާސްތާ ޑިވޮލޮޕްމަން ފައިނޭންޝަލް ޕްލޭނުގައި ވާގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ޤާއިމުކޮށް، ކައުންސިލަށް ޢާމްދަނީ އިތުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުން ހިމެނޭއިރު މީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ޢާމްދަނީ ލިބޭނެ މަގުފަހިވެގެންދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ހަރަދު ކުޑަކުރުމަށް ކުރަން ނިންމައިފައިވާ ކަންތައްތަކުގެ ތެރޭގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ހިމަނާފައިވެއެވެ. އަދި ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދު، ބަޖެޓްގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ އެ ޚަރަދު ކުޑަކުރުމަށް، މި ޕްލޭންގައި ގޮތްތަކެއް ކަނޑަޅައިފައިވެއެވެ. އޭގެ އިތުރުން ”ޑިޖިޓަލް-ފަސްޓް“ ސިޔާސަތެއް އެކުލަވައިލައި ތަންފީކުރަން ފެށުމަށް ވެސް ކައުންސިލުން ވަނީ ނިންމައިފައެވެ.

ކައުންސިލުގެ އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެވި، އިދާރީ ހިންގުމުގެ ޚިދުމަތް ދިނުމަށް، މިހާރު ކުއްޔަށް ހިފައިފައިވާ ޢިމާރާތްތައް ދޫކޮށްލުމާއި ޕްރޮކިއުމަންޓް ކަންކަން ހަރުދަނާކޮށް، ބަލްކް ޕާރޗެސިންގ ތެރެއިން، ކައުންސިލަށް ހޯދާ ތަކެތި އަގުހެޔޮކޮށް ހޯދުމަކީ ވެސް، ޚަރަދު ކުޑަކޮށްގެން ކައުންސިލްގެ ޢާމްދަނީ އިތުރުކުރުމަށް އަޅަން ކަނޑައަޅައިފައިވާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: