ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ އިންތިޚާބުގައި ހަމަނުޖެހުން ހިންގި މައްސަލަ ބަލަނީ!

ޕީއެންސީ އެތެރޭގެ އިންތިހާބުގައި ހިންގި މާރާމާރީ އާއި ހަމަނުޖެހުންތަކުގެ ތެރެއިން/ ފޮޓޯ: ފިޔެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަނިކޮށް ގްރޫޕަކުން އެތަނަށް ވަދެ މުދަލަށް ގެއްލުންދީފިއެވެ.

އެ ގުރޫޕުންވަނީ އެ ތަނުގައި ތިބި މީހުންނާއި މެދު މާރާމާރީވެސް ހިންގާފައެވެ. މިކަމާއި ގުޅިގެން މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައިވަނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓް ގުނުން ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، ރޭ 21:15  ހާއިރު، އެ ތަނަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލްގެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ދީފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ބޭއްވި އެތެރޭގެ އިންތިހާބާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވަނީ މިއީ ސިޔާސީ ޕާޓީއަކުން ބޭއްވި ބޮޑު އިންތިހާބެއް ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބު ދިޔައީ ވަރަށް ސުލްހަވެރިކަމާއިއެކު ކަމަށާއި، އެހެންޕާޓީތަކުގައި ވޯޓު ފޮށި ފަޅާލުމާއި ވަގަށް ނެގުމާއި އެފަދަ ކަންކަން ދިޔަ ނަމަވެސް، ޕީއެންސީގައި އެފަދަ ކަމެއް ނުވާނެ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

އަދި ޕާޓީން ސުލްހަވެރިކަމާއި ރައްކާތެރިކަން ދެމެހެއްޓެވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވި ކަމަށާއި އެހެން ޕާޓީތަކުގެ އިންތިޚާބުގައި ފެންނަ ނޭދެވޭ އެއްވެސް ކަމެއް ނުފެނި އިންތިޚާބު ނިންމައިލެވުމަކީ އެ ޕާޓީއަކީ ތަފާތު ޕާޓީއެއްކަން ދައްކުވައިދޭ ކަމެއްކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު ގްރޫޕަކުން ވަނީ ކާމިލް ދީދީ ޕްރީސްކޫލަށް ވަދެ، ވޯޓުލާ ސަރަހައްދުގައި ހުރި ގޮނޑި އާއި މޭޒު ފަދަ ތަކެއްޗަށް ގެއްލުން ދީފައެވެ. އަދި ސްކޫލް ތެރޭގައި ތިބި ޕީއެންސީގެ އޮފިޝަލުންނަށް ވެސް ހަމަލާދީފައިވެއެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގްރޫޕް ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް ހަރަކާތްތެރިވެފައިވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެ ސްކޫލަށް ރޭ ވަޑައިގެންފައެވެ.

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ހެނދުނު 9:00 ގައި ފަށައި، ނިންމާލީ ހަވީރު 17:00 ގައެވެ. މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދިޔައިރު، އެ ދާއިރާތަކަށް 2000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި ގާތްގަނޑަކަށް 40،000 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: