ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ތިބި ދިވެހި ސިއްޙީ ޕްރޮފެޝަނަލުންގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން ރާއްޖެ ގެނެވިއްޖެ: މިނިސްޓަރ އަމީން

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެިއން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ރާއްޖެ އަނަން ބޭނުންވެފައި ތިބި ދިވެހި ސިއްހީ ޕްރޮފެޝަނަލުންގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން މިހާތަނަށް ރާއްޖެ ގެނެވިފައިވާ ކަމަށް ހެލެތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ ސިއްހީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރަމުންދާ ދިވެހިންގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިބި ގިނަ ދިވެހިން ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެވިފައިވާ 70 އަށް ވުރެ ގިނަ ދިވެހި ސިއްހީ ޕްރޮފެޝަނަލުން ކަރަންޓީން ފެސިލިޓީސްތަކުގައި ތިބިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ވަރަށް އަވަހަށް އެ ހުރިހައި ފަރާތްތަކުން ވެސް މަސައްކަތާއި ގުޅިވަޑައިގަންނަވާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހި ސިއްހީ ޕްރޮފެޝަނަލުން ރާއްޖެ އަންނަން ބޭނުންވިނަމަވެސް މިވަގުތު ދުނިޔޭގެ ދަތުރުފަތުރު ކުރުމުގެ ކަންކަން ހުއްޓިފައި ވާތީ އެމީހުން ރާއްޖެ ގެނައުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއައިސް ރާއްޖެއިން ކޮރޯނާ ވައިރަހާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ބޭނުންވާ ދިވެހި ހުރިހައި ސިއްހީ މާހިރުންނަށް އެ ފުރުސަތު ސަރުކާރުން ހޯއްދަވައި ދެއްވާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި އެންމެ ބޮޑަށް ބޭނުން ޖެހޭނެ ބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި އެހެން ކަމުން ރާއްޖެއިން ބޭރިގައި ތިބި ދިވެހި ސިއްހީ ޕްރޮފެޝަނަލުން ރާއްޖެ ގެނައުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް މިނިސްތަރ ވިދާޅުވިއެވެ. 

މީގެއިތުރުން ކޮރޯނާ ވައިރަހުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ސިއްހީ ދާއިރާގައި މަސައްކަތްލުރާ ހުރިހައި ފަރާތްތަކަކަށް ވެސް ސަރުކާރުން ހާއްސަ އިނާޔަތްކަކެއް ދޭނެ ކަމަށާއި އެކަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިވަގުތަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން އެންމެ ބޮޑަށް ބޭނުންވާ ވަގުތު ކަމަށާއި އެހެން ކަމުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭން ޖެހޭ ހުރިހައި އިނާޔަތެއް ސަރުކާރުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރ އަމީން ދެއްވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: