ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގައި ތިބި މީހުންނަށް، އެހެން ރަށްރަށަށް ދިއުމުގެ ހުއްދަދީފި

ފޮޓޯ: މޯލްޑިވްސް އިންސައިޑަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ހާލަތްތަކަށް ރިޢާޔަތްކޮށް ރިސޯޓުތަކުގައި ތިބި މީހުންނަށް، އެހެން ރަށްރަށަށް ދިއުމުގެ ހުއްދަ ދީފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއަށް ފަތުރުވެރިން އެތެރެވުމަށްޓަކައިދެވޭ އޮން އެރައިވަލް ވިސާ 2020 މާރިޗު 17 ވަނަ ދުވަހުން ފެށިގެން ހުއްޓާލައިފައިވާތީ، ބައެއް ހާލަތްތަކުގެ މައްޗަށް ރިޢާޔަތްކޮށް ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްރަށަށް ދިއުމުގެ ހުއްދަ ދީފައިވާކަމަށެވެ.

މި ގޮތުން، އެޗްޕީއޭއިން ބަޔާންކޮށްފައިވާ ހާލަތްތަކުގެތެރޭގައި:

1. އެންމެ ފަހު ފަތުރުވެރިޔާ ފުރިފަހުންނާއި، އެންމެ ފަހު ފަތުރުވެރިޔާއައިފަހުން 14 ދުވަސް ވެފައިވުން.
2. އެ މުއްދަތުގައި އެ ރިސޯޓެއްގައި ނުވަތަ ސަފާރީއެއްގައި ހުރި އެއްވެސް މީހެއްގެ ކިބައިން ކޯވިޑް-19 ގެ ޢަލާމާތެއް ފެނިފައިނުވުން.
3. މީހުން ފޭބުމުގެ ކުރިން މީހުން ފޭބުމުގެ އިޤްރާރު ފޯމު ރިސޯޓުގެ ފަރާތުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ފޮނުވުން.
4. ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގްއަށް ލެވުނު ނަމަވެސް، ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައިނުވުން.
5. މި ހާލަތުގައި، ފާއިތުވި 14 ދުވަހު ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައިނުވުމާއި، ބަލީގެ ޢަލާމާތެއް ހުރި މީހަކު ނެތުން.
6. މީހުން ފޭބުމުގެ އިޤްރާރު ފޯމު ރިސޯޓުގެ ފަރާތުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ފޮނުވުން.
7. އެންމެފަހުން ޕޮޒިޓިވްވި މީހަކު ފެނުނުފަހުން 14 ދުވަސްވެފައިވުމާއި އެ ދުވަސްތަކުގެތެރޭގައި ބަލީގެ ޢަލާމާތެއް ހުރި މީހަކު ފެނިފައިވާނަމަ، އެފަދަ މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސްވެފައިވުން.
8. ރިސޯޓުން ނުވަތަ ސަފާރީން މީހުން ފައިބާއިރު ބަލީގެ އަލާމާތެއް ހުރިމީހަކު ނެތުމާއި ފުރިހަމަކުރަންޖެހޭ އެގްޒިޓް ފޯމު ފުރިހަމަކުރުން.
9. ޕޮޒިޓިވް މީހަކު ފެނުމާއެކު، އެ މީހެއްގެ ފަރާތުން، އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ހުރި އެހެން މީހަކަށް ބަލިޖެހިފައިވުން.
10.މި ހާލަތުގައި އެންމެ ފަހުން ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސްވެފައިވުން.
11.މި 28 ދުވަހުގެތެރޭގައި، ބަލީގެ އަލާމާތެއްހުރި މީހަކު ފެނިފައިވާނަމަ، އެ މީހަކު ފެނުނުތާ 14 ދުވަސްވެފައިވުން. 28 ދުވަހުގެ ކުރިން 14 ދުވަހުގެ މުއްދަތު ހަމަވާނަމަ، 28 ދުވަސް ފުރިހަމަކުރުމާއެކު އެގްޒިޓް ފޯމު ފުރިހަމަކުރުން.
12. އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ތިބި މީހުން ކޯވިޑް-19 އަށް ޓެސްޓުކޮށް، ރިސޯޓުގައި ނުވަތަ ސަފާރީގައި ބަލީގެ ޢަލާމާތްހުރި މީހަކު ނުވަތަ ޕޮޒިޓިވްވި މީހަކުނެތުން.

އެޗްޕީއޭއިންވަނީ މި ފިޔަވަޅުތަށް އެންމެ ފުރިހަމައަށް ތަންފީޒުކޮށް، މި ފިޔަވަޅުތަކަށް އެންމެ ފުރިހަމައަށް ޢަމަލުކުރުމަށް ގޮވާލާފައެވެ.

މީގެ ކުރިން އެޗްޕީއޭއިންވަނީ، އެއް ރިސޯޓުން އަނެއް ރިސޯޓާއި ދެމެދު ކުރާ ދަތުރުތައް ހުއްޓާލުމަށާއި، ރިސޯޓުތަކުން ރަށްރަށަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް އަންގާފައެވެ. އަދި ސަފާރީތަކުންވެސް ރަށްރތަށަށް ދަތުރުނުކުރުމަށްވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: