ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާރކް ވީޒާއާއި، އެހެނިހެން ވީޒާ ދޫކޮށްފައިވާ ފަރާތްތަކުގެ ވީޒާ އައުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައި: އިމިގުރޭޝަން

އިމިގުރޭޝަންގެ މުވައްޒަފުންތަކެއް މަސައްކަތުގައި. ފޮޓޯ: އިމިގުރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވާރކް ވީޒާއާއި، އެހެނިހެން ވީޒާ ދޫކޮށްފައިވާ ފަރާތްތަކުގެ ވީޒާ އައުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިމިގުރޭޝަންއިން ބުނެފިއެވެ.

އިމިގުރޭޝަނުން މިއަދު ބުނީ، ރާއްޖޭގައި އުޅެމުންދާ ގިނަ ޢަދަދެއްގެ ބިދޭސީންގެ ވީޒާއާއި ގުޅުންހުރި ކަންތައްތައް ފުރިހަމަކުރުމަށް ދަތިވަމުންދާތީވެ، 12 އޭޕްރީލްވާ އާދިއްތަދުވަހުން ފެށިގެން ވާރކް ވީޒާއާއި، އެހެނިހެން ވީޒާ ދޫކޮށްފައިވާ ފަރާތްތަކުގެ ވީޒާ އައުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ގޮތުން، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވާރކްވީޒާއާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދޭނީ، ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 13:00 އަށްކަމަށް އިމިގުރޭޝަނުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ވީޒާއަށް އެދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓުމެންޓު ދޫކުރާނީ ހެނދުނު 09:10 އިން މެންދުރު 12:00 ދެމެދުގެ ގަޑިތަކުގައިކަމަށާއި، ވީޒާ ޖެހުމަށްފަހު ޕާސްޕޯޓް ދޫކުރުން އޮންނާނީ، ހެނދުނު 09:10 އިން ފެށިގެން، މެންދުރު 12:00 އަށްކަމަށް ވެސް އިމިގުރޭޝަނުން ބުނެއެވެ.

އިމިގުރޭޝަނުން ބުނީ، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ޓޫރިސްޓު ވީޒާ އަދި ބިޒްނަސް ވީޒާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެތެރެއިން ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވީޒާ އައުކުރުމަށް ހުށަހަޅާކަށް ނުޖެހޭނެކަމަށެވެ.

ނަމަވެސް ފުރަންބޭނުންވާ ފަރާތްތަކުން، IM34 ފޯމް (އެޕްލިކޭޝަން ފޮރ އިމަރޖެންސީ ޑިޕަރޗަރ) ފުރިހަމަ ކުރުމަށްފަހު، ފުރަން އެއަރޕޯރޓަށް ދިއުމުން ފުރޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް ވެސް އިމިގުރޭޝަނުން ބުނެއެވެ.

އިމިގުރޭޝަނުން ބުނީ، މި މަހުގެ 19 ވަނަދުވަހުގެ ކުރީގެ ތާރީޚަކަށް ވީޒާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިޒާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާފަރާތްތަކުން، ވީޒާ އައުކުރުމަށްއެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔެކިއުންތަށް permitvisa@immigration.gov.mv އަށް މެއިލްކުރުމަށް އެދޭކަމަށާއި، މި ގޮތަށް މެއިލްކުރާ ފަރާތްތަކަށް ވީޒާ ޖެހުމަށް ޕާސްޕޯރޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މަޢުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: