ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭ ތިލަފުށީގެ ކުނި ގޮނޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރަން 10 ގަޑިއިރު ނެގި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ ކުނި ގޮނޑެއްގައި ރޭ ރޯވި އަލިފާން ކޮންޓްރޯލުކޮށްފައިވާ ކަމަށާއި ނަމަވެސް، އަދިވެސް އަލިފާންގަނޑު އެއްކޮށް ނިންވާނުލެވޭ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ، ރޭ 10:20 އެހާކަންހާއިރުއެވެ. އެވަގުތުން ފެށިގެން، ތިލަފުށީ ފަޔާ ސްޓޭޝަނާއި، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އަލިފާންގަނޑު ނިއްވުމަށް ހަރަކާތްތެރިވަމުން ދިޔަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި، ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާވަރަށް މިހާރު ވަނީ ކޮންޓްރޯލުކުރެވިފައެވެ.

އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ 10 ގަޑިއިރު ފަހުން މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާފައިޓަރުން ދަނީ އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފްއިން އަދި ހާމައެއްނުކުރެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: