ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ އެހީތެރިކަމަށް ރާއްޖޭގެ ޝުކުރު!

ޗައިނާގެ އެހީތެރިކަމަށް ރާއްޖޭގެ ފަރާތުން ޝުކުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވާންގް ޔީ އާ ފޯނުން ގުޅުއްވައި، ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

އެކަމާއި ބެހޭ މައުލޫމާތު ހިއްސާކޮށް ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ޝާހިދު، ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލާ ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑާޝިޕަށް ތައުރީފް ކުރައްވާފައި ވާ ކަމަށެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރު ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައިވާ ކަމަށެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ދިވެހިރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކަށް އޭގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭއިރު ރާއްޖެއިން ވެސް އެ އަސަރު ކުޑަކުރުމަށާއި އަދި ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ވެސް ވަނީ ތައުރީފު ކުރައްވާފައެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.

އޭގެ އިތުރުން ބައްޔަށް ޝައްކުވާ މީހުން ދެނެގަނެ، އެ މީހުންގެ ކޮންޓެކްޓުތައް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދެވެއެވެ. ރައްޖޭގެ މަސައްކަތްތަކަށް ތައުރީފުކޮށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ފެތުރިޔަ ނުދިނުމަށް ރާއްޖޭން ކުރާ މަސައްކަތުގައި ރާއްޖެ އާ އެކު ޗައިނާ އޮތްކަން ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެ ކަމަށެވެ. އަދި ގަދަ ހިއްވަރާއި އެކު ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވަނީ ކާމިޔާބުކަން ޗައިނާވެސް ދައްކުވައިދީފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: