ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ ކުރި 10 ރިސޯޓަކުންނާއި 55 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާ ކުރެވިފައެވެ. އަދި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ އޮންއެރައިވަލް ވިސާ މަޑުޖައްސާލާ ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި ވަނީ ބަންދުކޮށްފައެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތައް މިހާރު ވެސް ބަންދުކޮށްފައިވާއިރު، އެ މުވައްޒަފުން ދަނީ 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ގުނަމުންނެވެ. އަދި ބައެއް ރިސޯޓުތަކުގައި ތިބި އެންމެ ފަހު ފަތުރުވެރިން ވަނީ ފުރަން ފަށާފައެވެ. އެހެން ކަމުން އެ މުއްޒަފުންނަށް ވެސް 14 ދުވަހަށް ފަހު އަމިއްލަ ރަށަށް ދެވޭނެއެވެ.
އެއް ކުންފުންޏެއްގެ ދަށުން ހިންގާ ގިނަ ރިސޯޓުތަކެއް ހުރިއިރު، ސަރުކާރުން ވަނީ އެއް ކުންފުންޏެއްގެ ދަށުން ހިންގާތަނެއްނަމަ ފަތުރުވެރިން އަނެއް ރިސޯޓަށް ބަދަލު ކުރުމުގެ ފުރުސަތު ދީފައެވެ. އޭރުން ބާކީ ރިސޯޓުތަކަށް 14 ދުވަހުގެ މުއްދަތު ހަމަ ކުރެވޭނެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު އުސޫލު ފުރިހަމަކޮށް ފޯމު ހުށަހަޅައިގެން މިހާތަނަށް 10 ރިސޯޓަކާއި 55 ސަފާރީއަކަށް މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ގިނަ ރިސޯޓުތަކަކުން ފޯމުތައް ލިބެމުންދާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ، 14 ދުވަސް ހަމަވުމުން އެއްވެސް ޑިލޭއެއް ނެތި މުވައްޒަފުންނަށް ދޭންޖެހޭ ހުއްދަތައް ދެމުން ގެންދާ ކަމަށެވެ. އަދި މިހާރުވެސް ލިބެމުންދާ އެކި އީމެއިލްތަކަށް ޖަވާބުދެމުން ގެންދާކަމަށް ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ
ކޮވިޑް އާ ގުޅިގެން ރިސޯޓެއް މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައި ނުވާނަމަ އާއި، އެ ހާލަތުގައި ފާއިތުވި 14 ދުވަހު ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވުމާއި، ބަލީގެ އަލާމާތްތައް ހުރި މީހަކު ވެސް ފެނިފައިނުވާނަމަ ވެސް ރިސޯޓުން ފޭބުމުގެ ހުއްދަ ދެމުން ގެންދާ ކަމަށެވެ. އަދި އެކަން ކަށަވަރުކޮށް ފޯމު ހުށަހަޅަންޖެހޭނީ މެނޭޖްމެންޓުން ކަމަށެވެ.
މީގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވް މީހަކު ފެނި އޭނާގެ ފަރާތުން އެހެން މީހަކަށް ޓްރާންސްފާ ވެފައިވާ ހާލަތެއްގައި ރިސޯޓަކުން ފޭބުމަށް ހުއްދަ ދޭނީ އެންމެ ފަހުން ވައިރަސްއަށް ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ވެފައިވާނަމަ އެވެ. އެ މުއްދަތުގައި ބަލީގެ އަލާމާތްތައް ހުރި މީހަކު ފެނިފައިވާނަމަ އެ މީހަކު ފެނުނުތާ ވެސް 14 ދުވަސް ވާން ޖެހެ އެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތައް މިހާރު ވެސް ބަންދުކޮށްފައިވާއިރު، އެ މުވައްޒަފުން ދަނީ 14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ގުނަމުންނެވެ. އަދި ބައެއް ރިސޯޓުތަކުގައި ތިބި އެންމެ ފަހު ފަތުރުވެރިން ވަނީ ފުރަން ފަށާފައެވެ. އެހެން ކަމުން އެ މުއްޒަފުންނަށް ވެސް 14 ދުވަހަށް ފަހު އަމިއްލަ ރަށަށް ދެވޭނެއެވެ.
އަދި އިތުރު ހާލަތްތަކުގެ ތެރޭގައި އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސްވެފައި، އެ މުއްދަތުގައި އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ހުރި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް 19ގެ އަލާމާތެއް ފެނިފައިނުވުން. މީހުން ފޭބުމުގެ ކުރިން މީހުން ފޭބުމުގެ އިގުރާރުގައި ސޮއި ކުރުން ހިމެނެއެވެ. އެންމެ ފަހު ފަތުރުވެރިޔާ އައިތާ 14 ދުވަސްވެފައި، އެ މުއްދަތުގައި އެ ރިސޯޓުގައި ނުވަތަ ސަފާރީގައި ހުރި އެއްވެސް މީހެއްގެ ކިބައިން ކޮވިޑްގެ އަލާމާތެއް ފެނިފައިނުވުން ހިމެނެއެވެ.