ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުމަތީގައި ހިނގި އެކްސިޑެންޓު: މަޑުނުކޮށް ފިލި އުޅަނދު އަދިވެސް ނުހޯދޭ!

އެކްސިޑެންޓުގައި ގެއްލުންވި ލީޖަން 1 ލޯންޗު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަތީގައި ލީޖަން 1 ނަމަކަށް ކިޔާ ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު މަޑުނުކޮށް އެތަނުން ދިޔަ އުޅަނދު އަދިވެސް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ލީޖަން 1 ނަމަކަށް ކިޔާ ލޯންޗެއް ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކުރިކަމުގެ މައުލޫމާތު ފުލުހުން ލިބުނީ ޖުލައި 9 ވަނަ ދުވަހުގެ ރޭ 21:16 ހާއިރުއެވެ.

އެ އުޅަނދު ހޯދުމަށް ފުލުހުން މީގެ ކުރިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، މިއަދު ”ސަންގުން“ އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ، އެ އުޅަނދު އަދިވެސް ހޯދިފައިނުވާ ކަމަށާއި އެހެންނަމަވެސް، ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9926094 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މީގެ ކުރިން އެެދިފައިވެއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދިނުމަށް ފަސް މީހަކު އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ.

މިދިޔަ ޖޫން 1 ގައި ވެސް ކަނޑުމަތީގައި ދެ އުޅަނދު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ކ. ގާލުފަޅު ކައިރިން ”ޓުއާ ގާޑް“ ލޯންޗާއި ސަޕްލައި ދޯންޏެއް އެކްސިޑެންޓުވެ ހިނގި ނުރައްކާތެރި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ލޯންޗުގައި ތިބި 38 އަހަރުގެ ދިވެހި ކެޕްޓަނަށާއި 30 އަހަރުގެ ބަންގްލަދޭޝް ފަޅުވެރިޔާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އެ ހާދިސާގައި ވެސް އެކްސިޑެންޓުވި ސަޕްލައި ދޯނި އެ ސަރަހައްދު ދޫކޮށް ދިޔައެވެ. ނަމަވެސް، އެ އުޅަނދު ހޯދައި، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: