ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަސައްވުރެއް ނެތި ރައްޔިތުންގެ ހިތެއް އެއްވެސް ވެރިއަކަށް ނުހޯދޭނެ: ރައީސް ނަޝީދު

ރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ހާއްސަ ޖަލްސާގައި އެމްޑީޕީ ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަސައްވުރެއް ނެތި ރާއްޖޭގެ ރައްޔިތުންގެ ހިތެއް އެއްވެސް ވެރިއަކަށް އަދި އެއްވެސް ސަރުކާރަކަށް ނުހޯދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައްޔިތުން މިހާރު މި ސަރުކާރު ދެކެ ފޫހިވެފައިވާކަމަށާއި ރައްޔިތުން މިއަދު ބޭނުންވަނީ މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުން އަދިވެސް އެޕްޑީޕީއަށް އިތުބާރާއި ތާއީދުކުރާކަމަށާއި އެ ތާއީދަކީ އެ ޕާޓީ ދެކެ ލޯބިން ކުރާ ތާއީދެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ތާއީދަކީ އެމްޑީޕީގެ ވިސްނުމާއި، ތަސައްވުރާއި އެ މަންޒަރުތައް ހަގީގަތަކަށް ހެދުމަށް އެ ޕާޓީން މަސައްކަތް ކުރަމުންދާތީ އެކަމަށް ރައްޔިތުން ކުރާ އިތުބާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އެއްވެސް ތަސައްވުރެއް ނެތި ރާއްޖޭގެ ރައްޔިތުންގެ ހިތެއް އެއްވެސް ވެރިއަކަށް އެއްވެސް ސަރުކާރަކަށް ނުހޯދޭނެ،“ ރައީސް ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ސަރުކާރު ހަމަމަގަށް އެޅުމަށް އެމަނިކުފާނު އަރިހުގައި ރައްޔިތުން އެދެމުންދާކަމަށެވެ. އަދި ޕާޓީ އޮތީ އެކަމަށް ފުރިހަމައަށް ތައްޔާރަށް ކަމަށާއި، އެ މަސައްކަތަށް ނުކުތުމުގެ ރޭވުންތައް ރޭވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑު ގާތުގައި ވަރަށް ގިނަ މީހުން އަހާ މަގުމައްޗަށް ނިކުމެ މި ސަރުކާރު ހަމަމަގަށް ގެނައުމަށް މަސައްކަތް ކުރުމަށް. އަޅުގަނޑު މިހިރީ ވަރަށް ތައްޔާރަށް. އަޅުގަނޑުމެން މިދަނީ މި މަސައްކަތަށް ރާވަމުން،“ ރައީސް ނަޝީދު

އެމަނިކުފާނު ވިދާޅުވީ، ޔަގީނުންވެސް މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ރައްޔިތުން މަގުތަކަށް ނިކުންނާނެ ކަމަށާއި ރައްޔިތުންނަށް ތަހައްމަލު ނުވީމާ ރައްޔިތުން ތެދުވެ ބަސްބުނާނެ ކަމަށެވެ. އަދި ރައްޔިތުންނާއެކު، އެޕްޑީޕީން މި ސަރުކާރު ހަމަމަގަށް އެޅުވުމަށް މަގުމައްޗަށް ނުކުންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ގައުމުގެ ކަންކަން މިހާރު ދާގޮތުން ރައްޔިތުންނަށް ކެތްނުވާ ހިސާބަށް ކަންކަން ދިއުމުން، ރައްޔިތުން ނުކުމެ އެ މީހުންގެ ބަސް ބުނާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ހައްގުތަކުގެ ދިފާއުގައި ރައްޔިތުން ނުކުންނަ ކޮންމެ ވަގުތަކުވެސް އެމްޑީޕީ އާއި އެމަނިކުފާނު ސާބިތުކަމާއެކު ރައްޔިތުންނާއެކު ތިއްބަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: