ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭގެ ހުރިހާ ހިދުމަތްތަކެއް ހުޅުމާލެއަށް

މެންހެޓަން ގްރޭންޑް ހޮޓާ އިމާރާތް / ފޮޓޯ: އިންޓަނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޯރުކޮށްދެމުން އައި އެންމެހާ ޚިދުމަތްތަކާއި އެ އިދާރާގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ހުޅުމާލެ ފޭސް 1 އަށް ބަދަލުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން އެޗްޕީއޭ ހިންގަމުންދާނީ ހުޅުމާލެ ފޭސް 1ގެ ވެމްކޯ އާއި ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލްސްގެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. އެ ބަދަލާއެކު އެޗްޕީއޭގެ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

މެންހެޓަން ގްރޭންޑް ހޮޓަލަކީ، ވެމްކޯގެ ސައިޓާއި ޖެހިގެން ތަރައްގީ ކޮށްފައިވާ އިމާރާތެވެ. އެ އިމާރާތުގައި މީޑިއާ ވިލެޖުވެސް ތަރައްގީ ކުރަމުންދާއިރު، އެ އިމާރާތަށް ބަދަލުކުރި ފުރަތަަމަ އޮފީހަކީ އެޗްޕީއޭއެވެ.

މީގެ ކުރިން އެޗްޕީއޭ ހިންގަމުން ދިޔައީ ހެލްތު މިނިސްޓްރީ ވެސް ހިންގަމުންދާ ރޯޝަނީ ބިލްޑިންގައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޗްޕީއޭއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ، ރާއްޖޭގެ އާންމު ސިއްޙަތު ރައްކާތެރިކުރުމާއި، ބަލިތައް ކޮންޓްރޯލްކުރުމުގެ އިތުރުން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މައި އިދާރާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: