ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ކުނި ބަލައިގަންނާނެ: ވެމްކޯ

ވެމްކޯގެ މުވައްޒަފަކު ޚިދުމަތުގައި... ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކެނޑުނު ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތްތައް، މިއަދުން ފެށިގެން އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި ބަދަލާއެކު މާލެ ސަރަހައްދުގެ ކުނި އުކާލުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް ރުޖޫއަވާނެއެވެ.

ވެމްކޯ އިން ބުނި ގޮތުގައި، މަގުމަތީގައި ކުނި ގިނަވާން މެދުވެރިވި އެއް ސަބަބު ކަމަށްވާ ’ކެޕްސް‘ ޚިދުމަތް ވެސް މިއަދުން ފެށިގެން މެދުނުކެނޑި ލިބެމުންދާނެއެވެ. މީގެ ކުރިން ތިލަފުށީގެ ހާދިސާއާ ގުޅިގެން ކުނި އުކާލުމުގައި ދަތިތަކެއް ކުރިމަތިވެ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ކުނި އުކާލުމުގެ ޚިދުމަތް އާންމު އުސޫލަށް ބަދަލުވި ނަމަވެސް، ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަންޖެހޭނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ވަކިކޮށްފައި ކަމަށް ވެމްކޯ އިން ހަނދާންކޮށްދެއެވެ. ވަކިކޮށްފައި ނުވާ ކުނި ބަލައިގަތުމުގައި ދަތިތަކެއް ހުރިކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ޚާއްސަކޮށް، ގާކުންޏާއި ސިމެންތި ފަދަ ތަކެތި ވަކިކޮށްފައި ނުވާނަމަ، ސްޓޭޝަންތަކުން އެ ކުނި ބަލައިނުގަންނާނެ ކަމަށް ވެމްކޯ އިން ބުނެފައިވެއެވެ. އެހެންކަމުން ކުނި އުކާލަން ގެންދާއިރު މިކަމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.

ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ވެމްކޯއަށް ބިމެއް ހަމަޖައްސައިދީފައެވެ. މި ބިމުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބި، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: