ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 107 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް/ ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 107 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ބިދޭސީން ކުރާ މިފަދަ ވިޔަފާރިތައް ބަލައި ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހިމެނޭ ގޮތަށް މިހާރު ވަނީ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިހާތަނަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ޖުމްލަ 247 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅޭ 447 ޝަކުވާއެއް ކަމާބެހޭ އިދާރާތަކަށް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވިޔަފާރިތައް ބަންދުކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ހިންގުމާއި، ހުއްދަ ދީފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި ވިޔަފާރިކުރުން ހިމެނެއެވެ. މީގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކާއި އުޞޫލުތަކާ ޚިލާފަށް ހިންގާ ތަންތަން ވެސް މި އޮޕަރޭޝަންގެ ދަށުން ވަނީ ބަންދުކޮށްފައެވެ.

ބަންދުކުރި ތަންތަނުގެ ތެރެއިން ގަވާއިދަށް ފެތޭގޮތަށް ކަންކަން އިޞްލާޙުކުރި 68 ތަނަކަށް އަލުން ހުޅުވުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. އަލުން ވިޔަފާރި ހުޅުވުމުގެ ހުއްދަ ދެނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމުންނެވެ. މީގެ ތެރޭގައި ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ވާނަމަ، އެ ފައިސާ ދައްކާ ޚަލާޞްކުރުން ހިމެނެއެވެ.

ސަރުކާރުގެ މި ޓާސްކްފޯހުން އަންނަނީ ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: