ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހުއްޓުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. އެ ނިންމުން ނިންމާފައިވަނީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ. ޒަހިއްޔާ ހުށަހެޅުއްވި މައްސަލައިގައި ވަނީ އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކާ މެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް އެދިވަޑައިގެންފައެވެ.

މައްސަލަ ހުށަހަޅުއްވަމުން ޒަހިއްޔާ ވިދާޅުވީ މާލެ ސިޓީގައި އާންމުން އެއްވާ އެކި ތަންތަނާއި ޚާއްސަކޮށް ޕާކްތަކަށް ކުޑަކުދިން ގޮވައިގެން މައިންބަފައިން ހިތްފަސޭހަކޮށްލަން ގޮސް އުޅޭއިރު، ކައިރީގައި ތިބޭ މީހުންގެ ފަރާތުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ އުނދަގޫ ކުރިމަތިވަމުން އަންނަކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އެއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް، ސިއްހީގޮތުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާނެ ފަދަ ކަމެއްކަންވެސް ޒަހިއްޔާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: