ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޯކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވާ ވެހިކަލްތައް ހޯދަން އިއުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ޓޯކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ބޭނުންވާ ވެހިކަލްތައް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ޓޯ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ވެހިކަލްތައް ހޯދަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއަކީ 43،160ރ.އެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ނަމަ، ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު މެއިލް ކުރަންޖެހެއެވެ. ބީލަމުގައި ރަޖިސްޓްރީވި ކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.

ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 12:00 އަށެވެ. ބީލަމަށް ރަޖިސްޓްރީކުރަން ދީފައިވާ މުއްދަތުގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަންނާނެއެވެ.

އިއުލާނުގައި ބުނީ އެ ޕްރޮޖެކްޓާ ގުޅިގެން ޕްރީބިޑު ބައްދަލުވުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ 2:30 ގައި ކަމަށެވެެ. ބީލަން ހުޅުވުން އޮންނާނީ ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ އިސްކަންދަރު ކޮށީގައެވެ.

ފުލުހުން ބުނީ އަންދާސީހިސާބު ހުށަހަޅާ ފަރާތް ނުވަތަ ކުންފުންޏާ މެދު ރާއްޖޭގެ އެއްވެސް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއް ނުވަތަ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މައްސަލައެއް ކުރިއަށް ގެންދެވި ސާބިތުވެފައިވާ ނަމަ، ބިޑް އެވޯޑުނުކުރުމުގެ އިހްތިޔާރު ވެސް ފުލުހުންނަށް ލިބޭ ކަމަށެވެ.

ބީލަން ހުށަހަޅާއިރު އަގު ހުށަހަޅާ ފޯމު ނުވަތަ ކޯޓޭޝަނާއި ބީލަން ހުށަހަޅާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލާއި ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ އާއި ބިޑް ސެކިއުރިޓީ ޑޮކިއުމަންޓްގެ އަސްލު ފަދަ ލިޔުންތައް ހުށަނާޅާ ނަމަ ބިޑު ރިޖެކްޓްވާނެ އވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: