ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މާފަންނުގައި ހުރި ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި މާފަންނުގައި ހުންނަ ގެސްޓްހައުސެއްގައި ދިވެއްސަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:51 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ އޯސަނިކްވިލާ / ހއ. މޮޅަދޫ، އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމެވެ.

ނަޢީމްގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: