ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއެކު ”ސިޔާސީ އެއްދާން“ ކުރައްވާ ކަމަށް ސިފަކުރައްވައި ޝުޖާއުގެ ފާޑުކިޔުން ޔާމީނަށް!

ރައީސް ޔާމީނާއި ރައީސް ނަޝީދު ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީއާއެކު ބައްދަލުކުރެއްވުމުގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިން ގަބޫލުފުޅު ކުރެއްވި ހަމަތައް ދޫކުރައްވައި ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ ގޮތުން އެއްދާން ކުރައްވާ ކަމަށް ސިފަކުރައްވައި، ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވެއްޖެއެވެ.

ތިނަދޫގެ އާބާދީ 60 ޖަލްސާ ކުރިއަށް ދަނިކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ބިނާކުރަނިވި ފިކުރުގެ ލީޑަރަކަށް ވުމުގެ ހާއްސަ ޝަރުތަކީ އެމްޑީޕީގެ ލީޑަރުންނާއެކު ”ސިޔާސީ އެއްދާން“ ނުކުރުން ކަމަށެވެ. އަދި އެ ވާހަކަ އެންމެ އަޑުހަރުކޮށް ދެއްކެވީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރު ވެސް އޭރުގެ އިދިކޮޅު ލީޑަރުން ނުކުރާ ކަމަކީ އެމްޑީޕީގެ ސިޔާސީ ލީޑަރުންނާއެކު ސިޔާސީ އެއްދާން ނުކުރުން ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ ސަޕޯޓަރުންނާ ދުރުކުރުމަށް ރައީސް ޔާމީން ބޭނުންފުޅުކުރެއްވި ސިޔާސީ ހަތިޔާރުގެ ތެރޭގައި ވެސް އެންމެ ބޮޑަށް ބޭނުންފުޅުކުރެއްވި އެއް ހަތިޔާރަކީ ރައީސް މައުމޫން އެމްޑީޕީގެ ލީޑަރުންނާ ވާހަކަ ދައްކަވައި ސިޔާސީ އެއްދާން ކުރެއްވިކަމުގެ ވާހަކަފުޅު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ނަމަވެސް، މިއަދު ފެންނަ މަންޒަރަކީ އެ ވާހަކަ ހަރުއަޑުން ދެއްކެވި ރައީސް ”މުންޑެއް އަންނަވައިގެން“ އެމްޑީޕީގެ އިސް ލީޑަރުންނާއެކު ހިނިވަރުނަކުރައްވަން ހުންުނެވި މަންޒަރު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރ ކަމުގައި ވެސް އެމްޑީޕީ ސަރުކާރުގެ ތަފާތު ރަސްމީ ހަފްލާތަކަށް ދައުވަތު އެރުވި ނަމަވެސް، އެތަންތަނަށް ވަޑައިނުގެންނެވީ ރައީސް ޔާމީނަށް ސިޔާސީ އަނިޔާދީ، ސިޔާސީ ނުފޫޒު ފޯރުވައިގެން ނިޒާމުން ގެއްލުވާލައި، ތަފާތުކުރުންތައް ނިޒާމުގެ ތެރޭގައި އަށަގަންނުވާފައިވާތީ އެކަމާ ދެކޮޅު ހައްދަވައި އިހުތިޖާޖުކުރުން މަތީގައި ދެމިހުންނެވުމުގެ ގޮތުން ކަމަށެވެ.

”ނަމަވެސް، އެ އުސޫލުތަކުގެ ވާހަކަ ހަރު އަޑުން ދެއްކެވި ރައީސް މި ހުންނެވީ މުންޑު އަންނަވައިގެން އަމިއްލަ އެދުންފުޅު އިސްކޮށް، ގަބޫލުފުޅުކުރެއްވި އުސޫލުތައް ދޫކުރައްވައިގެންނެވެ. ޖަލުގެ ކުޑަގޮޅިއާއި، މިނިވަން ޖައްވުގެ ތަފާތު ކަމަށް ވެސް ވުން އެކަށީގެންވެއެވެ.“ ޝުޖާއު ލިޔުއްވާފައިވެއެވެ.

އޭނާ ވިދާޅުވީ ބިނާކުރަނިވި ފިކުރުގެ މީހުން ތިބީ ރައީސް މުއިއްޒާއެކު، އޭރުވެސް އަދި މިއަދުވެސް ގަބޫލުކުރާ އުސޫލުތަކުގައި ބާރަށް ހިފަހައްޓައިގެން ކަމަށެވެ. އަދި އަމިއްލަ އެދުން އިސްކޮށް ސިޔާސީ މަސައްކަތްކުރާ ލީޑަރުންނާއި އިހުލާސްތެރިކަމާއެކު ގަބޫލުކުރާ އުސޫލުތައް މަތީ ހުންނަވާ ލީޑަރުން މިހާރު ސާފުވާނެ ކަމަށް ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތަށް އެ ސިޓީގެ ކައުންސިލުން ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި ރައީސް ޔާމީނާއި ރައީސް ނަޝީދު ވަނީ އެ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: