ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގާ ބިލު ފާސްކޮށްފި

ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި އިސްލާހު ފާސްކުރުމަށް 54 މެމްބަރުން ވޯޓު ދެއްވިއިރު، އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 2 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެއީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވަނީ، މިއީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމުގެ ގޮތުން ގެންނަ ބަދަލުތަކެއް ކަމަށެވެ. މިއީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ހުށަހެޅި ކަމެކެވެ.

މި ބިލުގައިވާ ގޮތުން، އޮފްޝޯ ބުކިން ޕްލެޓްފޯމާތަކާއި ފޮރިން ޓުއާ އޮޕަރޭޓަރުންނާއި އޮވަސީސް ޓްރެވަލް އެޖެންޓުތަކަކީ ރާއްޖޭގައި ތިބޭ ފަރާތްތަކެއް ކަމުގައި ނުވާތީ އެ ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކަން ފަށާނީ އެކަމާ ގުޅިގެން އެ ފަރާތްތަކާއި މީރާއާ ގުޅިގެން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ.

ބިލާއެކު ދައުލަތުގެ އާމްދަނީއަށް އޯވަސީސް ޓްރެވަލް އޭޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއަ އޮޕަރޭޓަރުންގެ އަތުން 1.3 ބިލިއަން ރުފިޔާއާއެކު އަހަރަކު މުޅި ޖުމްލަ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. ބިލަށް އަމަލުކުރަން ފެށުމަށް ހުށަހަޅައިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: