ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބާދީ އޮޅުވާލިކަމަށް ބުނާ މައްސަލައިގައި ތިނަދޫގެ މޭޔަރަށް ދައުވާކުރަން ޕީޖީ އޮފީހުގައި އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގެ އަބާދީ އޮޅުވާލިކަމަށް ބުނާ މައްސަލައިގައި ތިނަދޫ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ދޮގު މައުލޫމާތު ދިނުމާއި ދޮގު ހެކި ދިނުމުގެ މައްސަލާގައި ސައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެ އޮފީހުން ބަލައިގަތީ މި މަހުގެ 19 ގައި ކަމަށެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ ކައުންސިލުން އޮޅުވާލިކަމުގެ ތުހުމަތުގައި މޭޔަރު ސައުދު ކުރިން ފުލުސް އޮފީހަށް ވެސް ހާޒިރުކުރިއެވެ. އަދި އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިނަދޫ ކައުންސިލަށް ވަދެ، ބައެއް ލިޔުންތައް ވެސް ކުރިން ގެންދިޔަ އެވެ. ނަމަވެސް އެ ތުހުމަތުތައް ސައުދު ކުރިން ވަނީ ދޮގު ކުރައްވައިފައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުންނެވެ.

ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ މަދުވެގެން 10،000 މީހުންގެ އާބާދީ އޮންނަ ރަށްރަށަށް ކަމަށް ވާއިރު، އޭރު ތިނަދޫގެ އާބާދީއަކީ 8،000 ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މައްސަލަ ހައިކޯޓުން ބަލައިގެންފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: