ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭސް ލީކުވި ހާދިސާގައި ހާލު ދެރަވި އެކަކުގެ ހާލު ރަނގަޅު: ފުލުހުން

ގޭސް ލީކުވުމުގެ ހާދިސާ ހިނގި ދިލްކުޝާ ގޯޅި: އެ ގޯޅީގައި ހުންނަ ގެއެއްގައި ހިނގި އެ ހާދިސާގައި އަންހެނަކު ވަނީ މަރުވެފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައި ހާލު ދެރަވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައިވަނީ، އިއްޔެ ހެނދުނު މާފަންނު ދިލްކްޝާ ގޯޅީގައި ހުންނަ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ހާލު ދެރަވެފައި ތިބިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވި އަންހެން މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.

މީގެ އިތުރުން، މި ހާދިސާގައި ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނު 19 އަހަރުގެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: