ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްޙީ ދާއިރާގައި ބޭނުންކުރާ ތަކެތިން ޑިއުޓީ ނުނަގަން ރައީސް ނިންމަވައިފި

މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ދަނީ ފެތުރެމުން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސް މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުން ދިޔުމާއި އަދި ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިގެން ދިއުމުގެ ބިރު ހީވެފައި ވާތީ ސިއްހީ ދާއިރާގައި ބޭނުންކުރާ ތަކެތިން މިވަގުތު ޑިއުޓީ ކަނޑާލަން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ނިންމަވައިފިއެވެ. 

ކަސްޓަމްސް ސާވިސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ސިއްހީ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއް ކަމަށާއި މި ދަނޑިވަޅުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތިން ނަގާ ޑިއުޓީ ކަނޑާލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އާދީއްތަ ދުވަހު ނިންމަވާފައިވާ ކަމަށެވެ.

އެތަކެތީގެ ޑިއުޓީ ރައީސް ސޯލިހު މައާފު ކޮށްދެއްވާފައި ވަނީ އެކްސްޕޯޓް އިމްޕޯޓު ގާނޫނު ގެ އަށް ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލު ކުރާނެ އުސޫލުގެ އަށް ވަނަ މާއްދާގެ (ހ) އާއި (ރ) ގެ ދަށުންނެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން އަންނަނީ އެކަމާއި ދެކޮޅަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެކަމުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަންނަނީ ގައުމުތަކާއި ގުޅިގެން، ގިނަ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: