ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުސީން ދޭ ސައިކޯސޯޝަލް ސަޕޯޓް: ޕޮރޮފެޝަނަލް މެންޓަލް ހެލްތައް ދިއުމަށް ހަދާ އެސެސްމަންޓެއް!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މޯލްޑިވްސް ރެޑްކްރެސެންޓުގެ ޕްރޮގްރާމް އޮފިސަރު މައީދު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ކަންތަކާއި ގުޅިގެން މޯލްޑިވްސް ރެޑްކްރެސެންޓުން އެންމެ ފުރަތަމަ ފޯރުކޮށްދެނީ ސީދާ ޕްރޮފެޝަނަލް މެންޓަލް ހެލްތް ސަޕޯޓު ނޫން ނަމަވެސް، ފޮލޯއަޕް ބޭނުންވާ ފަރާތްކަށް އެ ފުރުސަތު ހަމަޖެހޭ ކަމަށް އެ ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑްކްރެސެންޓުން ބުނެފައިވަނީ، އެ ސެންޓަރުން ދެމުން އަންނަ އެހީ އަކީ ސީދާ ޕްރޮފެޝަނަލް ސޯޝަލް ސައިކޯ ސަޕޯޓެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، މިއީ އެކަމުގެ ތަޖުރިބާކާރުންނާއި ހަމައަށް ގެނެސްދިނުމުގެ ކުރިން ދެވޭ ޓްރައިއޭޖް ހިދުމަތެއް ކަމަށެވެ.

މޯލްޑިވްސް ރެޑްކްރެސެންޓުގެ ޕްރޮގްރާމް އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ، އެކި ގޮތްގޮތުން އެހީދިން މީހުންގެ އަދަދު 1،400 އިން މައްޗަށް އަރާނެ ކަމަށެވެ. އަދި ރިމޯޓް އޮޕަރޭޝަންއަށް ފަހު 100 އެއްހާ މީހުންނަށް އެހީދިން ކަމަށެވެ.

މައީދު ވިދާޅުވީ، ރެޑްކްރެސެންޓުން ފޯރުކޮށްދެނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑެއް ކަމަށެވެ. އަދި މިއީ ޕްރޮފެޝަނަލް މެންޓަލް ހެލްތް ސަޕޯޓެއް ނޫން ނަމަވެސް ފޮލޯއަޕް ހަދަންޖެހޭ މީހުން އެހާހިސާބުން ދެން ފުރިހަމަކުރާނީ ޕްރޮފެޝަނަލް ހެލްޕް ކަމަށެވެ.

https://twitter.com/maldivianrc/status/1254755415243591686

މައީދު ވިދާޅުވީ، އެ ސެންޓަރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަދަނީ ކުޑަ އެސެސްމެންޓެއް ކަމަށެވެ. އަދި އެއަށްފަހު ފާހަގަވާ މީހުންނަށް އިތުރު އެހީތެރިކަން ނުވަތަ ފޮލޯއަޕް ބޭނުންވާ މީހުން ރިފާކުރާނީ އައިޖީއެމްއެޗްއަށް ކަމަށެވެ. މައީދު ވިދާޅުވީ އެގޮތަށް ފާހަގަވެފައިވަނީ 55 ކޭސްއެއް ކަމަށެވެ.

 މައީދު ވިދާޅުވީ ކޭސްތަކަށް އަންނަމުންދާ ބަދަލުތަކާއި އެކު، ފޯނުކޯލުތައް ލިބޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެއާއި އެކު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެމްއާރުސީއިން މިހާތަނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިން ޖުމްލަ 1،468 މީހުންގެ ތެރެއިން ގިނައީ، ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީސްތަކުގައި ތިބި މީހުންނެވެ.

”އަޅުގަނޑުމެން ދިވެހި ރެޑްކްރެސެންޓުން މިދޭ ސައިކޯ ސޯޝިއަލް ސަޕޯޓް ނުވަތަ ސައިކޮލޮޖިކަލް ފަސްޓްއެއިޑަކީ މިއީ ޕްރޮފެޝަނަލް މެންޓްލް ހެލްތު ސަޕޯޓެއް ނޫން. އެ ޕްރޮފެޝަނަލް މެންޓަލް ހެލްތު ސަޕޯޓާ ހަމައަށް ދިއުމަށްޓަކައި އަޅުގަނޑުމެން ކުޑަވަރެއްގެ ޓްރައިއޭޖެއް މި ކުރަނީ ކުޑަވަރެއްގެ އެސެސްމެންޓެއް މިހަދައިދެނީ،“ މައީދު

މީގެ އިތުރުން މައީދު ވިދާޅުވީ، ރެޑް ކްރެސެންޓުން މަސައްކަތް ކުރަމުންދަނީ، ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އޮޕަރޭޝަންސް ސެންޓަރާއި ގުޅިގެން ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް އެންމެ ބޮޑު ދައުރެއް އެމްއާރުސީއިން އަދާކުރަމުންދަނީ ނަފްސާނީގޮތުން ދިމާވާ ކަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ރައްޖޭގައި ކޮރޯނާ ވައިރަސްގެ ކޭސްތައް ފެންނަވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އެކަމަށް އިޝާރާތް ކުރައްވާ މައީދު ވިދާޅުވީ އާއްމުންގެ މެދުގައި އުފެދިއިވަނީ ބޮޑު ބިރުވެރިކަމެއް ކަމަށެވެ. އަދި އެއީ، މައްސަލައެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

”ކޮންމެ މީހަކަށް ވެސް، ކޮންމެ ދިވެއްސަކަށް ވެސް ކޮންމެ ބޭރު މީހަކަށް ވެސް ކުޑަ ކުއްޖެއް ވިޔަސް، ބޮޑު މީހެއް ކަމުގައި ވިޔަސް ނަފްސާނީ ގޮތުން ކޮވިޑާއި ގުޅިގެން އަސަރުތަކެއް ކޮށްފާނެ. އެހެންވީމަ، މިކަމަށް އެންމެން ވެސް އެބަޖެހޭ ހޭލުންތެރިވާން“ މައީދު

މައީދު ވަނީ މިއީ، އެންމެނަށް އަޅާލަން ވީ ވަގުތުކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭއިރު ނަފްސާނީ ގޮތުން އެއްވެސް މީހަކު ވަކި ކަންތަކާއި ކުރިމަތިލަމުންދާނަމަ ހާއްސަކޮށް އެކަމަށް އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ. އެހީ ބޭނުންވާ ފަރާތްތަކުން 1452 އަށް ގުޅުމުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހޮޓަލައިނަށް ގުޅޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށެވެ.

މައީދު ވަނީ ޕީޕީއެސް އޮޕަރޭޝަނުގައި 46 ވޮލަންޓިއަރުން ބައިވެރިވާކަން ފާހަގަކުރައްވާފައެވެ. އަދި އިތުރު 266 މީހަކު ތަމްރީނު ކުރެވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: