ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީ ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ ދެ މީހަކަށް ބަލި ޖެހިފައި: ތަފާތު ދެ ސިނާރިއޯއެއްގެ ލަފާކުރުންތަކެއް!

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފެބްރުއަރީ މަހު ބޭއްވި ދުބާއީ ގަލްފް ފުޑް އެކްސްޕޯގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދޔަ ފެބްރުއަރީ މަހު ބޭއްވި، ދުބާއީ ގަލްފް ފުޑް އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ އެޗްޕީއޭއަށް ހިއްސާކޮށްދިނުމަށް އެދިފައިވަނީ، ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ތެރޭގައި ފެއާއަށް ދިޔަ ދެ މީހަކު ހިމެނޭތީ އާއި އެ މީހުންގެ ހަށިގަނޑުން ތަފާތުކަންތަކެއް ފާހަގަވެފައިވާތީ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ އެކްސްޕޯއަކީ މިދިޔަ ފެބްރުއަރީ މަހުގެ 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެކްސްޕޯއެއް ކަމަށެވެ. އަދި އެކްސްޕޯގައި ބައިވެރިވީ މީހުން އެ މައުލޫމާތުތައް އެޗްޕީއޭއާއި ހިއްސާ ކުރުމަށް އެދޭކަމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ހިނގަމުންދާ ކޭސްތަކާއި، ނުވަތަ އެ މީހުންނާއި ގުޅުމެއް ނެތަސް އެކްސްޕޯއަށް ގޮސްފައިވާނަމަ އެކަން ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ. އަދި ބޭނުންވަނީ، އިތުރުކަންތަކެއް ބެލުމަށް ކަމަށާއި މިއީ އެއްވެސް ގޮތަކަށް މީހަކު ކަރަންޓީނު ކުރުމުގެ ބޭނުމުގައި އާއްމުކުރާ އެންގުމެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު ހޯދާ ސަބަބާއި ގުޅޭ ތަފްސީލު ދިނުމަށް އެދުމުން ޑރ. އަފްޒަލް ވިދާޅުވީ ދުބާއީގެ ފުޑް އެކްސްޕޯއާ ގުޅުމެއް ހުރި ދެ ކޭސްއެއް ފެނިފައިވާ ކަމަށެވެ. އަދި އެ ދެ ކޭސް ރާއްޖޭގެ އެހެން ކޭސްތަކާއި ތަފާތުކަންތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ބައެއް ޓެކްނިކަލް ކަންތަކެއް ތަފްސީލުކޮށްދެއްވައި ޑރ. އަފްޒަލް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި، ދުބާއީ ދުޑްސް އެކްސްޕޯ އާ ގުޅިގެން ފާހަގަވާ އެއްކަމަކީ އެ މީހުންގެ ހިސްޓްރީ ކަމަށެވެ. ބަލި، ހަށިގަނޑުއި ހުރި ގޮތަށް ނުވަތަ ”ޑިޒީސް ޕްރޮސެސް“ ވެފައިވާ ގޮތަށް ބަލާއިރު ތަފާތު ކަންތަކެއް އެބަހުރިކަމުގައި އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ވައިރަސް ހަށިގަނޑުގެ ތެރެއަށް ފެތުރިގެން އަންނަ ގޮތް، ހިމެނޭ ކަމުގައި ޑރ. އަފަޒަލް ފާހަގަކުރެއްވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ޔޫއޭއީގައި ބޭއްވި އެ ފެއާއާއި ގުޅޭ ދެ ކޭސްއެއް މިހާތަނަށް ފެނިފައިވާ ކަމަށެވެ. އަދި ބަލީގެ އަސަރު އެ މީހުންގެ ހަށިގަނޑުގައި ހުރިގޮތެއް ބެލުމަށްފަހު ދެން އެކްސްޕޯއިން އައި އިތުރު މީހެއްގެ ގައިގައި އެފަދަ އަލާމާތްތަކެއް ހުރިތޯ ބަލަން ބޭނުންވީ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

“ ޔޫއޭއީގެ ފުޑް ކޭސްއާ ގުޅިގެން ދެ ކޭސް ފެނިފައިވޭ. އެ ދޭކޭސް އިން ވެސް އަޅުގަނޑުމެންނަށް ތަފާތު ވައްތަރެއްގެ ހިސްޓްރީ ނުވަތަ ޑިޒީސް ޕްރޮގްރެސްވެފައިވާ ގޮތުގައި ތަފާތު ކަމެއް ފެނިގެން، އަޅުގަނޑުމެން ބަލާލަން ބޭނުންވީ އެގޮތަށް ފުޑް އެކްސްޕޯ އިން އައި އިތުރު މީހެއްގެ ފަރާތުން ވައިރަހުގެ އަލާމާތްތަކެއް ފެނިފައިވޭތޯ“ ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ، ދެ މީހުންނަށް ބަލި ޖެހުނު ގޮތުގެ ގޮތް ނިންމަން އަދި މާ އަވަސް ކަމަށެވެ. ނަމަވެސް، ބަލި ޖެހިފައި ހުރި ގޮތުގެ ސިނާރިއޯތަކެއް ބަހާލާއިރު އޭގެ ތެރެއިން އެއް ސިނާރިއޯއަކީ ދުބާއީގައި ކޮންމެވެސް އެހެން ބައްޔެއް ޖެހި، ރާއްޖޭގައި އެ ބަލި ރަނގަޅުވުމެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަސް ޖެހުމެވެ. މިފަދަ ހާލަތެއްގައި އިންސާނާގެ ދިފާއީ ނިޒާމު ބަލިކަށިވެދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ދެވަނަ ސިނާރިއޯއަކަށް ޑރ. އަފްޒަލް ވިދާޅުވީ ދެ މީހުންނަށް ވެސް ދުބާއީގައި ބަލި ޖެހުމެވެ. އެއަށްފަހު ހަށިގަނޑުގައި ދުވަސްތަކެއް ވަންދެން ހުރުމަށްފަހު ބަލިން ރަނގަޅުވުމެވެ. ނަމަވެސް ވައިރަހުގެ އަސަރު ހަރުލާފައި ހުރުމަކީ އެކަށިގެންވާ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

”ގިނަ ފަހަރު ބައްޔަކުން ރަނގަޅުވާއިރު، އެމީހާގެ ހަށިގަނޑުގެ އިމިއުނިޓީ ހުންނާނީ ދަށްވެފައި. އެފަދަ ހާލަތެއްގައި ހުއްޓާ އޭނައަށް މިކޮޅުން ކޮވިޑް ޖެހުނީ. ހަގީގަތުގައި ދެބަލި ޖެހިގެން ފެންނަ މަންޒަރު މި ފެންނަނީ. އޭނައަށް އެބަލި ޖެހިފައި، ވަރަށް ދިގު މުއްދަތަކަށް ބަލީގެ އަސަރު ހުރި ކަމަށް ވެދާނެ. އެއީވެސް ސިނާރިއޯއެއް“ ޑރ. އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ، އެކްސްޕޯއަށް ދިޔަ މީހެއްގެ ގައިގައި މިހާރު ބަލީގެ އަލާމާތެއް ނުހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބަޔަކަށް ބަލި ޖެހިފައިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެހެން ގައުމުތަކުގައި އެ ފެއާއަށް ދިޔަ މީހުންގެ ފަރާތުން ބައެއް ކަންތަކެއް ފާހަގަވެފައިވާތީ އެޗްޕީއޭއިން ވެސް އެ ކަންތައް ކަށަވަރު ކުރުމަށް ބޭނުންވަނީ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިގޮތަށް ރިޕޯޓުކުރާ އެއްވެސް މީހެއް އައިސޮލޭޓު ނުވަތަ ކަރަންޓީނެއް ނުކުރާނެ ކަމަށެވެ. ފެއާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތް ވާ މީހުންނެވެ. އަދި އަފްޒަލް ވަނީ ބައްދަލުވުމުގައި އެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ބައެއް ގައުމުތަކުގައި ބަލި ޖެހިފައިވާ މީހުންގެ ހިސްޓްރީއަށް ބަލާއިރު ބައެއް ކަންތަކެއް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން ”ކޯސަސް އޮފް އިންފެކްޝަން“ ފެނިފައިވަނީ ތަފާތު ގޮތަކަށް ކަމަށެވެ.ާ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: