ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44 ޕަސެންޓް އިތުރުވެއްޖެ

ފޮޓޯ: ޒަކާތު ހައުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 ޕަސެންޓް އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ 44.2 އިންސައްތަ އިތުރުވެ، 17.37 މިލިއަން ރުފިޔާއަށް އަރާފައެވެ.

2025ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12,040,524.09 (ބާރަ މިލިއަން ސާޅީސް ހާސް ފައްސަތޭކަ ސައުވީސް) ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާއިރު، 2026ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 (ސަތާރަ މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަ ހާސް ހަތް ސަތޭކަ އަށްޑިހަ ހަތް) ރުފިޔާއަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް، ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 1.75 މިލިއަން ރުފިޔާއެވެ.

އެ ބައިގެ ތެރެއިން 1.48 މިލިޔަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115,250 (އެއް ލައްކަ ފަނަރު ހާސް ދުވިއްސައްތަ ފަންސާސް) ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 (އެއްލައްކަަ ފަންސާސް ފަސްހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. ރާއްޖޭގެ ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ، ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރަށްވެސް ބަދަލު އާދެއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސިންގއިން ވަނީ އޮގަސްޓް މަހުގެ 20ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 19،266.10 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: