ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު މޭ މަހުގެ ނިޔަލަށް އިތުރުކޮށްފި

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލެތް މައިމޫނާ އަބޫބަކުރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މުޅި ރާއްޖޭގައި ވެސް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމާއިއެކު މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މޭ މަހުގެ ނިޔަލަށް އިތުރު ކުރުމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް ނިންމަވައިފިއެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން އެންމެ ފުރަތަމަ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެޕްރީމް މަހުގެ 10 ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައިވެއެވެ. އަދި ތިން ވަނަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާއިރު އެ މުއްދަތު ދެމިގެންދާނީ މޭ މަހުގ ެ30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. 

ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު މޭ މަހުގެ14 ވަނަ ދުވަހާއި ހަމައަށް މާލޭގައި މީޙުން މަގުތަކަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމާއި ރާއްޖޭގެ އެކިއެކި ރަށްރަށުން މީޙުން މާލެ އެރުން ވެސް ވަނީ މަނާކޮށްފައެވެ. 

މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރިއިރު މިހާތަނަށް ރާއްޖެއިން 280 މީހުން ކޮރޯނާ ވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެކަކު ނިޔާވެފައިވާއިރު ބައްޔަށް ފަރުވާ ދެވި ރަނގަޅުވެފައި ވަނީ 17 މީހުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: