ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ދިރިއުޅޭ، ހާލަތު ދަށް ގެތަކުން ނެގުނު 95 ސާމްޕަލްއެއް ޕޮޒިޓިވް!

ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވާ މީހުން އިތުރުވަނީ - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮރޯނާ ވައިރަސް ހަލުވިކަމާއި އެކު ފެތުރެމުންދާއިރު، ބައްޔަށް ޝައްކުވެ ޓެސްޓު ކުރި މީހުންގެ ތެރެއިން 95 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިއީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އަދި މި ކޭސްތަކާއި އެކު ރާއްޖޭގެ ޖުމްލަ އަދަދ 396 އަށް އަރައެވެ. 

އެޗްޕީއޭއިން ބުނެފައިވަނީ ބައްޔަށް ޕޮޒިޓިވް ވީ، ހާލަތު ދަށްކަމުން މޮނީޓަރިންގެ ހާލަތަަށް ގެނެސްފައިވާ ގެތަކުގައި ތިބި ބައެއް ބިދޭސީން ކަމަށެވެ. 

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީގެ ކުރިން ފުލުހުން ވަނީ މާލޭގައި ބިދޭސީން ދިރިއުޅޭ 18 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާކަން ހާމަކޮށްފައެވެ. އަދި އެ ގެތަކުގައި 837 މީހަކު ދިރިއުޅެމުން އަންނަކަމަށް ވެސް ބުނެފައި ވެއެވެ.

 

https://twitter.com/HPA_MV/status/1255822174121865217

މި ގެތަކީ، އެއްތަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން އުޅެމުން އަންނަ ތަންތަނެވެ. އަދި ނުރައްކާވެދާނެ ކަމަށް ބަލާ، އަދި ބަލި ފެތުރިގެން ގޮސްދާނެތީ މި ގެތަކުން ވަދެ ނިކުތުންވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ. ބެލެވޭ ގޮތުގައި ޕޮޒިޓިވް ވީ މި ގެތަކުން ނެގުނު ސާމްޕަލްތަކެވެ. މީގެ ކުރިންވެސް މި 18 ގެއިން ނެގުނު ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވް ވިއެވެ.

މާލޭގައި ކުޑަ ކޮޓަރިތަކުގައި އެތައް ބިދޭސީންނެއް ދިރިއުޅެއެވެ. އަދި އެތަންނުގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނުހުންނައިރު، އެއީ އިންސާނުން ދިރިއުޅެންވެސް ހެޔޮވާވަރުގެ ތަންތަނެއް ނޫނެވެ. މީގެ ސަބަބުން ބަލި ނުރައްކާވާ މިންވަރަކަށް ބިދޭސީންގެ މެދުގައި ފެތުރިދާނެކަމަށް ބެލެވެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް ބިދޭސީން ވަނީ ރަނގަޅު ތަންތަނަށް ވަގުތީގޮތުން ބަދަލުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: