ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ކުރެއްދޫ: ސާމްޕަލްތައް ނެގެޓިވް ވުމުން ރަށަށް އަރާ ފޭބުމުގެ ހުއްދަ ދީފި!

ރާއްޖޭގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ބަލި ފެނުނު، ކުރެއްދޫ އައިލެންޑް ރިސޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ބަލި ފެނުނު، ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުން އަރާ ފޭބުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހުގެ ކޭސްއެއް ފެނިފައިވަނީ ކުރެއްދޫއިން ނެވެ. އެއީ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ދެ ބިދޭސީއެއްގެ ފަރާތުންނެވެ. ޝައްކުވާ އަލާމާތްތަކެއް ފެނި އެންމެ ފުރަތަމަ ބިދޭސީން ބައްޔަށް ޓެސްޓުކޮށްފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި އެނބުރި ގައުމަށް ދިޔަ ފަތުރުވެރިއަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެކަކު އަނެކެއްގެ ގައްޔަށް ބަލި ޓްރާންސްފާ ވީ އެ ކޭސްއާއި ގުޅިގެން ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ. އެއީ އެ ފަތުރުވެރިއާއަށް ފުރުނުގޮތާއި ގުޅޭގޮތުންނެވެ. އެ ފަތުރުވެރިޔާ ވަނީ ދިމާވީ ބައެއް ކަންތަކާއި ގުޅިގެން މާލޭގެ، މާގިރީ ހޮޓެލްގައި ދެ ދުވަހު މަޑުކޮށްފައެވެ.

ކުރެއްދޫގެ އެންމެ ފަހު ފަތުރުވެރިޔާ ފުރިފަހުން14 ދުވަސް ވެފައިވަނީ މި މަހުގެ 13 ވަމަ ދުވަހުއެވެ. 

ކުރެއްދޫއާއި ގުޅިގެން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވީ  އެ ރިސޯޓާއި މެދު އަމަލު ކުރެވެނީ ތަފާތު ގޮތަކަށް ކަމަށެވެ. އަދި ސަބަބަކީ، އެކަކުގެ ފަރާތުން އިތުރު ބައެއްގެ ގައްޔަށް ބަލީގެ އަސަރުކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން ޓެގުން ނިންމާފައި ވަނީ ކުރެއްދޫގައި ތިބި ހުރިހާ މުވައްޒިފުން ވެސް ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުން ދޫކޮށްލާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކުރެއްދޫގައި ތިބީ 649 މީހުންނެވެ. އެ ހުރިހާ އެންމެންގެ ސާމްޕަލްތައް ވަނީ ނަގާފައެވެ. އަދި އައިޖީއެމްގެ ލެބްގެ އިތުުރުން ޕޮލިސް ލެބްގައި އެ ސާމްޕަލްތައް ވަނީ ޓެސްޓްކޮށްފައެވެ. ރަަށް ހުޅުވާލީ ހުރިހާ ސާމްޕަލެއް ނެގެޓިވް ވުމުންނެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ސޮއިކުރައްވާ މިއަދު ކުރެއްދޫގެ ޖެނެރަލް މެނޭޖަރަށް ފޮނުވި ސިޓީގައި މިއަދުން ފެށިގެން އެރަށަށް މީހުން އެރުމާއި ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. 

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓު ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކަކާ އެކު ފުރުވާލި ކަމަށް ތުހުމަތުކޮށް، މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ކުރެއްދޫގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާ ކޮށްފަ އެވެ. ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ކުރެއްދޫ ރިސޯޓަށް އައި އިޓަލީ ފަތުރުވެރިޔާގެ ކިބައިން ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިފައިވީނަމަވެސް ރިސޯޓުން އެންމެ ފުރަތަމަ މައުލޫމާތުތައް ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އާއި ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގަށް އެއް ކުރެވުނު މައުލޫމާތުތަކަށް ބަލާއިރު، ކޮވިޑްގެ އަލާމާތްތައް ޓޫރިސްޓް މީހާގެ ގައިން ފެނުނުކަން ޔަގީންވެފައިވާ ފުލުހުން އެ މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ، އަދި ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ވާހަކަ ދައްކާފައި އޮތީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށް ރަސްމީ ފަރާތްތަކުން ބަލާ މިންގަނޑާއި ކޮރޯނާވައިރަސް ފެތުރިގެން ރާއްޖޭން ފިޔަވަޅު އަޅާފައިވާ ގައުމުތަކަށް ބަދަލެއް އައިފައިވޭތޯ އޮޅުންފިލުވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: