ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާޒަށް ހުއްދަ ދިން ގޮތާއި، މެދުވެރިވި ހާލަތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ކޮރޯނާ ވައިރަސް، ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ، ލޮކްޑައުން ކޮށްފައި އޮތްވާ ތިމަރަފުށީ ދާއިރާގެ ޖޭޕީ މެންބަރު އަބްދުﷲ ރިޔާޒަށް މާލެ ވަޑައިގެންނެވުމުގެ ގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ސިރާޖު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސިރާޖު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރިޔާޒުގެ އެ ޓްވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި މަޖިލިސް މެންބަރުންނާމެދު ނަފުރަތު އުފެދިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ ނުފޫޒުން ކަންކަން ކުރާ ބައެއްގެ ގޮތުގައި ރައްޔިތުން ތުހުމަތު ކުރަމުން ދާ ކަމަށެވެ.

 

 

https://twitter.com/MoosesSiraj/status/1255842909863030786

އެތައް ރައްޔިތުންނެއް ރަށްތަކުގައި ތާށިވެ، އަމިއްލަ ވަޒަނަށް ނާދެވިފައި އެބަތިބިކަން ވެސް ސިރާޖު ހުށަހެޅި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. އަދި މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރާ ތިން މެމްބަރަކު ވެސް މާލެ އައުމަށް ހުއްދައަށް އެދުމުން އެ ހުއްދަ ލިބިފައިނުވާކަމަށް ސިރާޖު ފާހަގަކުރެއްވިއެވެ. ސިރާޖު ހުށަހެޅުއްވި މައްސަލައިގައި ވަނީ ރިޔާޒަށް ހުއްދަ ލިބުނު ގޮތާއި، އަދި ދިމާވީ ކޮން ހާލަތެއް ތޯ ބެލުމަށެވެ. އަދި މިކަމަކީ ރިޔާޒުގެ ސުލޫކާ ގުޅޭ މައްސަލައެއް ކަމަށް ފެންނަ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މާލެ ލޮކްޑައުންކޮށްފައި އޮއްވާ ރިޔާޒަށް މާލެ އެރުމުގެ ހުއްދަ ދިނުމުން ބައެއް އާންމުންނާއި މަޖިލިސް މެމްބަރުން ވެސް ވަނީ ސުވާލު އުފައްދާފައެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މީގެ ކުރިން ވިދާޅުވީ މާލެ ލޮކްޑައުން ކުރުމަށްފަހު، މާލެ އައުމުގެ ހުއްދަ ވަކި ވަކި މީހުންނަށް ދީފައިވަނީ ވަކި ކަންތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި މިހާތަނަށް 108 މީހަކަށް އެ ހުއްދަ ދެވިފައިވާކަމަށް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ތިމަރަފުށީގައި ހުރުމަށްފަހު މާލެ އައިސްފައިވާކަން ރިޔާޒް ހާމަކުރީ ޓްވީޓެއް މެދުވެރިކޮށެވެ. އަދި އޭނާއަށް ވަރަށް ގިނަ މީހުން ވަނީ އެކަމާއި ގުޅިގެން ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ މެމްބަރުން ހިމެނެއެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެކަމަށް ސުވާލު އުފައްދާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ މާލެއަށް އެރުމުގެ ހުއްދަ ދެނީ އެ މީހަކީ ކަރަންޓީން ކޮށްފައިވާ ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އަންނަ މީހެއް ނޫން ކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ. އަދި އޭނާ މާލެ އައުމަށްފަހު ހުންނަ ގެ ވެސް ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

ފާޑުކިޔުންތަކާއެކު ރިޔާޒު ވަނީ މާލެ ވަޑައިގެންނެވީ ފުލުހުންނާއި އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަން އެޗްޕީއޭއިން ކަށަވަރެއް ނުކޮށްދެ އެވެ. ފުލުހުން ބުނެފައިވަނީ ފުލުހުން ރިޔާޒަށް ހުއްދަ ދިނީ އެޗްޕީއޭއިން ހުއްދަ ދީފައިވާތީ ކަމަށާއި ރިޔާޒަށް ވަކި ހާއްސަ ގޮތެއް ގެންގުޅިފައިނުވާނެ ކަމަށެވެ.

އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން މާލެ ލޮކްޑައުންކޮށް މަލެ އައުމާއި ފުރުން މަޑުޖައްސާލިއެވެ. އަދި އޭގެ ސަބަބުން ބޭސްފަރުވާގެ ކަންކަމަށް މަލެ އައި މީހުން ތާށިވިއެވެ. އަދި ޒަރޫރީ ބޭނުންތަކަށް މާލެއިން ބޭރުވި ބައެއް އާއިލާތައް ތިބީ މާލެ އާދެވޭނެ ގޮތެއް ނެތިފައެވެ. ގިނަ އާއިލާތަކުން ދަނީ، ގޭގައި އައިސޮލޭޓުވާ ގޮތަށް ނަމަވެސް ހުއްދަ ދޭން އެދިފައެވެ. ސަބަބަކީ، ގެސްޓް ހައުސްތަކަށް ބޮޑެތި ހަރަދުތައް ހިނގަމުން ދާތީ އެވެ. ބައެއް ފަރާތްތަކުން ވަނީ، ތަކުރާރުކޮށް ހުއްދައަށް އެދުމުން ވެސް އެ ހުއްދަ ދީފައި ނުވާކަމަށް ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: